ޢަރަބިއްޔާ ސުކޫލުގެ ކުޑަދޮރެއް މަގުމައްޗަށް ވެއްޓި ފުނޑުފުނޑުވެއްޖެ

ޢަރަބިއްޔާ ސްކޫލުގެ ކުޑަދޮރެއް މަގުމައްޗަށް ވެއްޓި ފުނޑުފުނޑުވެއްޖެއެވެ.
މި ހާދިސާ ހިނގީ މިއަދު މެންދުރު ކުރީގައެވެ.
''ދެން'' އަށް މަޢުލޫމާތު ދެއްވަމުން އެ ސްކޫލުގެ އޮފިޝަލަކު ވިދާޅުވީ ކުޑަދޮރު ވެއްޓުނީ ދޮރު ލައްޕައިލަން ކުއްޖަކު ދޮރުގައި ހިފިތަނާ ކަމަށެވެ.


''މަތީ ބުރީގަ ސްކޫލަށް ވަންނަ ގޭޓާ ދިމާއިން ކަހަލަ ގޮތަކަށް އިން ކުޑަދޮރެއް. ކްލާސްރޫމުގެ ކުއްޖަކު އެ ކުޑަދޮރު ހުޅުވައިލާފަ ލައްޕައިލަން އުޅުނު ގަޑީގަ ނެއްޓިގެން ވެއްޓުނުކަމަށް ވަނީ.
ވަރަށް ބަލިކޮށް ތަންތަން މި ހުރީ. ވަރަށް ދެރަކޮށް މިހުރީ.'' އޮފިޝަލު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އޭނާ ވިދާޅުވީ ކުޑަދޮރު ވެއްޓުނީ ގަސްތަކެއްގެ ތެރެއިންލާފައި ކަމަށާއި, އެ ތަނަކީ ބެލެނިވެރިން ދަރިވަރުން ބަލައި އައިސް މަޑުކޮށްލައިގެން ތިބޭ ތަނެއް ކަމަށެވެ. ނަމަވެސް ދޮރު ވެއްޓުނު ގަޑީގައި އެ ތަނުގައި މީހަކު ނެތްކަމަށް އޭނާ ވިދާޅުވިއެވެ.