ރައީސް ޔާމީންގެ ނޫނު ދަތުރުފުޅު: މިއަދު މެންދުރު ކެނދިކުޅުދުއަށް

ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިއަދު މެންދުރުފަހު ނ.އަތޮޅަށް ވަޑައިގަންނަވާނެކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
ޕީީޕީއެމްއިން ބުނީ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ރައީސް ޔާމީން ނޫނުގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅުގައި މިއަދު މެންދުރު ފުރަތަމަ ވަޑައިގަންނަވާނީ ކެނދިކުޅުދުއަށް ކަމަށާއި, މިއަދު ހަވީރު ހޮޅުދުއަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ދެ ރަށުގައި ރައީސް ބައިވެރިވެވަޑައިގަންނަވާ އިވެންޓްތައް ޗެނަލް 13 އިން ލައިވްކުރާނެ ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސް ޔާމީން މަނަދޫ, ވެލިދޫ, މިލަދޫ އަދި މަގޫދުއަށް ވެސް ވަޑައިގަންނަވާނެއެވެ.
މަގޫދޫ ކައުންސިލަށް އަންހެން މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނުގައި އެ ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް އާމިނަތު ޔުމްނާ ޢަބްދުލްޣަނީގެ ކެމްޕެއިނުގެ ބައެއް ހަރަކާތްތަކުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ޕީޕީއެމްއިން ބުނެފައިވެއެވެ.