Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ރައްޔިތުންގެ މަޖިލިސް

ބަޖެޓު ބަހުސް ފެށުން ނޮވެމްބަރު 08 ގައި

ބަޖެޓު ބަހުސް ފެށުން ނޮވެމްބަރު 08 ގައި

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުން ނޮވެމްބަރު 08 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ އަންނަ އަހަރަށް ލަފާކުރާ 42.6 ބިލިއަން ރުފިޔާގެ ބަޖެޓު ހުށަހަޅުއްވައިފައެވެ.

ބަޖެޓު ހުށަހަޅުއްވައި ނިމުމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މާލިއްޔަތު ކޮމިޓީއާއި އިގުތިސާދީ ކޮމިޓީ ހިމެނޭހެން ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އަންގާ ކަމަށެވެ. އަދި ނޮވެމްބަރު 08 ގައި ބަޖެޓު ބަހުސް ފަށްޓަވާނެ ކަމަށާއި, 07 ވަނަ ދުވަހުގެ ނިޔަލަށް މެންބަރުންނަށް ބަޖެޓު ބެއްލެވުމުގެ ފުރުސަތު ދެއްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ފުރަތަމަ މަރުހަލާގައި ބަޖެޓަށް ބަހުސް ކުރުން ކުރިއަށްގެންދާނީ ނޮވެމްބަރު 08, 09 އަދި 10 ވަނަ ދުވަހުއެވެ. އަދި ބަޖެޓު ދިރާސާ ކުރުމަށް ނޮވެމްބަރު 16 ގެ ނިޔަލަށް ބަޖެޓު ކޮމިޓީއަށް ފުރުސަތު ލިބޭނެއެވެ.

އެއާއެކު 17 ވަނަ ދުވަހު ބަޖެޓް ރިޕޯޓު މަޖިލީހުގެ ރައީސަށް ހުށަހަޅަންޖެހޭނެއެވެ. އަދި ބަޖެޓަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ނޮވެމްބަރު 18, 19 އަދި 20 ގައި ދިނުމަށްފަހު, 22 އަދި 23 ގައި ބަޖެޓު ބަހުސް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް