ޚަބަރު ސިޔާސީ

މަޖިލީހަށް ބަޖެޓެއް ހުށަހަޅައިގެން ފާސްކުރަނީ ހަމަ ނަމަކަށް: އުޝާމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހަށް ބަޖެޓެއް ހުށަހަޅައިގެން ފާސްކުރަނީ ހަމަ ނަމަކަށްކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނައިބު ރައީސް އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އުޝާމް މިހެން ވިދާޅުވީ މި އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓު ހުސްވާތީ 5.8 ބިލިއަން ރުފިޔާ ސަޕްލެމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހެޅުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ އަންނަ އަހަރަށް ލަފާކުރާ 42.6 ބިލިއަން ރުފިޔާގެ ބަޖެޓު ހުށަހަޅުއްވައިފައެވެ.

ބަޖެޓު ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ މި އަހަރުގެ ބަޖެޓު ފޫބެއްދުމަށް ސަޕްލެމެންޓްރީ ބަޖެޓެއް ބޭނުންވާ ކަމަށެވެ.މި އަހަރުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން ހުށަހެޅީ 37 ބިލިއަން ރުފިޔާ ނަމަވެސް, އަހަރު ނިމޭއިރު އެ ޢަދަދު 42.8 ބިލިއަނަށް އަރާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. އެހެންވެ އެކަން ފޫބެއްދުމަށް އިތުރު 5.8 ބިލިއަން ފާސްކުރަން ވަނީ ހުށަހަޅާފައެވެ.

އުޝާމް ވިދާޅުވީ މި ސަރުކާރުން ކޮންމެ އަހަރަކު ވެސް ކަންތައް ކުރަނީ މި ފަދައިން ކަމަށާއި, މިއީ ކަނޑައެޅިގެން ޤާނޫނުއަސާސީގެ 96 ވަނަ މާއްދާއާ ޚިލާފަށް ކުރާ ކަމެއް ކަމަށެވެ. އަދި ސަރުކާރުން ބޭނުންހާ ގޮތަކަށް ޤާނޫނާ ޚިލާފަށް ޚަރަދުތައް ކުރަމުންދާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އުޝާމް ވިދާޅުވި ގޮތުގައި މަޖިލީހަށް ބަޖެޓެއް ހުށަހަޅައިގެން ފާސްކުރަނީ ހަމަ ނަމަކަށް ކަމަށެވެ.

  1. ބަޔެއްގެ ޖީބް މުއްސަދި ކޮށްދޭން ކުރާކަމެއް، ބަޖެޓް ބަހުސުގައި ރައްޔިތުންގެ މަޝްވަރާ ހިޔާލް ހޯދަންޖެހޭ ބަޖެޓް ބަހުސުގައި ރައްޔިތުން ބައިވެރި ކުރަން ޖެހޭ ، ބަޖެޓް ފާސްކުރަންވީ ސީދާ ރައްޔިތުންގެ ވޯޓުން !