Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ރައްޔިތުންގެ މަޖިލިސް

އެމްބިއުލާންސް ފޯރުކޮށްދިނުމުގައި ރާއްޖޭގެ ތާރީޚުގައި ނަންލިޔާނެ ބޭފުޅަކަށް މިނިސްޓަރ ނަސީމް ވާނެ: ޝިފާއު

އެމްބިއުލާންސް ފޯރުކޮށްދިނުމުގައި ރާއްޖޭގެ ތާރީޚުގައި ނަންލިޔާނެ ބޭފުޅަކަށް މިނިސްޓަރ ނަސީމް ވާނެ: ޝިފާއު

ރާއްޖޭގެ ރަށްރަށަށް އެމްބިއުލެންސް ފޯރުކޮށްދިނުމުގައި ރާއްޖޭގެ ތާރީޚްގައި ނަން ލިޔާނެ ވަޒީރެއްގެ ގޮތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވާނެ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެެއެވެ.

ޝިފާއު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް ސުވާލު ކުރައްވަން ހުޅުވާލި ފުރުސަތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ޝިފާއު ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ ވަރަށް ހާލުގައި އޮއްވާ މިނިސްޓަރ ވަޑައިގެން ކުރައްވާ މަސައްކަތް ފާހަގަކުރާ ކަމަށެވެ. ޝިފާއު ވަނީ އެމްބިއުލާންސް ނުފޮނުވި ހުރި ރަށްރަށަށް އެމްބިއުލެންސް ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ފެށޭނީ ކޮން ދުވަހަކު ތޯ މިނިސްޓަރ ނަސީމްއާ ސުވާލު ކުރައްވާފައެވެ.

Advertisement
Allied Insurance — Square (box)

“މަރުހަބާ ވަޒީރު. ވަޒީރު ވެވަޑައިގަންނަވާނެ ރާއްޖޭގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލު ތަކަށް އެމްބިއުލެންސް ފޯރުކޮށްދިނުމުގައި ރާއްޖޭގެ ތާރީޚްގައި ނަން ލިޔާނެ ވަޒީރެއްގެ ގޮތުގައި. އެހެންނަމަވެސް ވަޒީރު އެކަން ކުރެއްވީ ރާއްޖޭގެ ސިއްހީ ދާއިރާ ވަރަށް ހާލުގައި އޮއްވާ” ޝިފާއު ވިދާޅުވިއެވެ.

ޝިފާއުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، ކުދި ރަަށްރަށަށް އެމްބިއުލާންސް ފޮނުވި ނަމަވެސް ބޭނުން ނުކުރެވޭ ކަމަށާއި ކުދި އެމްބިއުލެންސް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

“ފޮރިން މިނިސްޓްރީ މެދުވެރިކޮށް އަޅުގަނޑުމެން މިހާރު ވާހަކަދައްކާފައިވީ ޗައިނާއާ. ޗައިނާއާ ވާހަކަ ދައްކައިގެން އަޅުގަނޑުމެންނަށް ކުދި އެމްބިއުލެންސް، އެއީ ބަގީ އެވައްތަރު އެމްބިއުލެންސް އެބަ ހައްދާ އެތަނުގައި” މިނިސްޓަރ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް