Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

އިންޑިއާ މީހުން ކުރާ ބޮޑެތި ކުށްތައް އިތުުރުވެފައިވާއިރު ފިޔަވަޅެއް ނޭޅޭ: އިޙްސާން

އިންޑިއާ މީހުން ކުރާ ބޮޑެތި ކުށްތައް އިތުުރުވެފައިވާއިރު ފިޔަވަޅެއް ނޭޅޭ: އިޙްސާން

ރާއްޖޭގައި އިންޑިއާ މީހުން ބޮޑެތި ކުށްތައް ކުރުން އިތުރުވެފައިވާއިރު އެ މީހުންނަށް ފިޔަވަޅެއް ނާޅާކަމަށް ވިދާޅުވެ އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން ޢަލީ އިޙްސާން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އިޙްސާން ކަންބޮޑުވުން ފާޅުކުރައްވާފައި މިވަނީ ރާއްޖޭގައި އިންޑިއާ މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައިވަނިކޮށް، ރޭގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގައެވެ.

އިޙްސާންގެ ޓުވީޓުގައި ވަނީ އިސްތިޢުމާރީ ބާރެއްގެ ދަށަށް ޤައުމެއް އަންނައިރު ފެންނަ އެއް ކަމެއް ާފާހަގަކުރައްވައިފައެވެ.

Advertisement
Allied — Dhen Online (box)

އެއީ އިސްތިޢުމާރު ކުރާ މީހުން އެ ޤައުމެއްގައި ރައްޔިތުންގެ މައްޗަށް އަނިޔާދީ ކުށްތަކަށް އަރައިގަންނައިރު, އެބައިމީހުންގެ މައްޗަށް ޤާނޫނު ހިންގަން ނުކުޅެދުން ކަމަށް އިޙްސާން ވިދާޅުވިއެވެ.

އެކަން ފާހަގަކުރައްވައި އިޙްސާން ވިދާޅުވީ އިންޑިއާ މީހުން ކުރާ ބޮޑެތި ކުށްތައް ގިނަވެފައިވީ ނަމަވެސް މިއަދު އެ ކަންކަމާ އަޅައެއްނުލާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް