ޚަބަރު ޝަރުޢީ ދާއިރާ

ދެ މެޖިސްޓްރޭޓަކާ ގުޅޭ ގޮތުން ބެލި މައްސަލަތައް ސާބިތެއްނުވި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ދެ މެޖިސްޓްރޭޓަކާ ގުޅޭ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބެއްލެވި ސުލޫކީ މައްސަލަތައް ސާބިތު ނުވާކަމަށް ނިންމަވައިފިއެވެ.

Ads by MWSC

ޖޭއެސްސީން މިއަދު ވިދާޅުވީ ލ.ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރުގެ ސުލޫކީ މައްސަލައާއި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަމްޖަދު ޢަބްދުލްޣަނީގެ ސުލޫކީ މައްސަލަ ތަޙްޤީޤު ކުރެވި އެ ދެ މައްސަލަ ސާބިތުނުވާކަމަށް ނިންމަވާފައިވާ ކަމަށެވެ.

އެ ގޮތަށް ނިންމެވީ މި މަހުގެ 01 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 77 ވަނަ ބައްދަލުވުމުގައި ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

ޖޭއެސްސީގެ މީޑިއާ އޮފިޝަލް ''ދެން'' އަށް ވިދާޅުވި ގޮތުގައި މެޖިސްޓްރޭޓް ޢަބްދުލްފައްތާޙާ ގުޅޭ ގޮތުން ބެއްލެވީ ޢާންމު ތަނެއްގައި އޭނާ ހަޑިހުތުރު ބަހުން މުޢާމަލާތް ކުރެއްވި މައްސަލައެވެ. އަދި މެޖިސްޓްރޭޓް އަމްޖަދާ ގުޅޭ ގޮތުން ކޮމިޝަނުން ބެއްލެވީ ދަޢުވާއެއް ބާޠިލްކުރި އިޖުރާޢާ ގުޅޭ ގޮތުން ހުށަހެޅުނު މައްސަލައެއް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!