ޚަބަރު ރައްޔިތުންގެ މަޖިލިސް

ރައީސް އޮފީހުން ވަނީ ބައެއް މެންބަރުންގެ ހަތަރެސްފައި ބަނދެ، ވާ ޖަހާފައި: އާޒިމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް--

ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާމެދު ނުރުހުން ފާޅުކުރައްވައި, ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ގިނަ މެންބަރުންތަކެއް އިއްޔެ މުލިއާގެއަށް ވަޑައިގަތުމުން މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް(ޕީޖީ)ގެ ގިނަ މެމްބަރުން މުލިއާގެއަށް ވަޑައިގެންފައިވަނީ އެމްޑީޕީގެ ރައީސް، އަދި މަޖިލީހުގެ ރައީސް،  މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަވަނީ ޤަވާއިދާ އެއްގޮތަށް ނޫންކަމަށް ވިދާޅުވެއެވެ

މަޖިލީހުގައި ވާހަކަ ދައްކަވަމުން އާޒިމް މިއަދު ވިދާޅުވީ މަޖިލީހުގައި ރައީސުލްޖުމްޖޫރިއްޔާގެ މެންބަރުން ތިބުމަކީ ޤާނޫނުއަސާސީ ދަންނަ ކަމެއް ނޫން ކަމަށެވެ.

އިއްޔެ ފެނިއްޖެ މި މަޖިލީހުގައި ރައީސުލްޖުމްޖޫރިއްޔާގެ މެންބަރުން ތިބޭކަން. އެއީ މި މަޖިލީހުން ކަމެއް ދިމާވީމާ ދުވެ ގަޑަބަޑަ އަޅާފައި ރައީސުލްޖުމްހޫރިއްޔާ އަރިހަށްދާކަށް ނުޖެހޭ.

އާޒިމް ވިދާޅުވީ ތިން ބާރު ވަކިނުވާނަމަ މި ރައްޔިތުންނަށް ކުރިއެރުމެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް އޮފީހުން ވަނީ ބައެއް މެންބަރުންގެ ހަތަރެސްފައި ބަނދެ، ވާ ޖަހާފައެވެ.

ރައީސް އޮފީހުގަ މިތާ ތެރޭ މި ތިއްބެވި ބައެއް މެންބަރުންގެ ހަތަރެސްފައި އޮންނަނީ ބަނދެފަ އެކޮޅުގަ ވާ ޖަހާފަ. ބޭނުން ތާކުން އެކޮޅުން ދަމާލީމަ އެ ގޮތަކަށް ކަންކަން ކުރާ އުސޫލުން މި ރައްޔިތުންގެ މަޖިލީހުގަ ކަންކަން ކުރަންޏާ އަޅުގަނޑު ކަންބޮޑުވޭ.

އާޒިމް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ތަމްސީލު ކުރާ ތަނެއް ނޫން ކަމަށާއި ރައްޔިތުން ތަމްސީލު ކުރާ ތަނެއް ކަމަށެވެ.

އެމްޑީޕީގެ މެމްބަރުން އިއްޔެ ރައީސްއާ ބައްދަލުކުރައްވައި ވިދާޅުވީ، މަޖިލީހުގެ ރައީސްކަމުން، ނަޝީދު ވަކި ކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް ޕާޓީގެ މަސްލަހަަތަށްޓަކައި ރައީސް އެންގެވީ އެކަން މަޑުޖައްސާލުމަށް ކަމަށް، ރައީސްއާ ބައްދަލުކުރެއްވުމަށްފަހު، އެ މެމްބަރުން ބައެއް މީޑިއާތަކަށް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!