Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ޖަލްސާތަކަށް ސަޔާއި ކެއުން ހަދައިދޭނެ ބަޔަކު ހޯދަނީ

މަޖިލީހުގެ ޖަލްސާތަކަށް ސަޔާއި ކެއުން ހަދައިދޭނެ ބަޔަކު ހޯދަނީ

މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް ސަޔާއި ކެއުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ރައްޔިތުން މަޖިލީހުން ފަށައިފިއެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް ސަޔާއި ކެއުން ތައްޔާރުކޮށްދޭނެ ފަރާތްތައް ބީލަން ހުށަހެޅުމަށް 26 ނޮވެންބަރު 2022 ވާ ހޮނހިރު ދުވަހުގެ 23:59 ގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ.

ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ <a href="https://forms.office.com/r/jqa821ff0Y">ލިންކު</a> މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ އަދި ޕްރީބިޑް މީޓީންގ އަށް އަންނަ ފަރާތްތަކަށް އެކަނި ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

އިއުލާނުގައި ބުނެފައިވަނީ ޕްރީ ބިޑު މީޓިން އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި މަޖިލީހުގެ އިދާރާގައި އޮންނާނެކަމަށެވެ.

އަދި ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު ކަމަށް ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް