Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ރައްޔިތުންގެ މަޖިލިސް

މުއްސަނދިންނާއި ފަޤީރުންނަށް އެއްހަމައަކުން އާސަންދަ ދޭ އުޞޫލަށް ބަދަލުތަކެއް

މުއްސަނދިންނާއި ފަޤީރުންނަށް އެއްހަމައަކުން އާސަންދަ ދޭ އުޞޫލަށް ބަދަލުތަކެއް

މުއްސަނދިންނާއި ފަޤީރުންނަށް އެއްހަމައަކުން އާސަންދަ ދެމުން އަންނަ އައުން ބަދަލުކުރުމަށް ޚާއްޞަ ޤާނޫނެއް އަންނަ އަހަރު އެކުލަވާލާނެކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢައިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ހެލްތު އިންޝުއަރެންސް ސްކީމް ނުވަތަ އާސަންދައިން ޚިދުމަތް ދެމުން އަންނަނީ މުޖުތަމަޢުގައި ތިބި ހުރިހާ ފަންތިއަކަށް އެއް ހަމައަކުންކަމަށެވެ.

އަދި ރާއްޖޭގައި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުލަވާލާ މިފްރޭމްވޯކް ނުވަތަ ޤާނޫނުގެ ދަށުން ސިއްޙީ ޚިދުމަތުގެ އިންޝިއުރަންސް ނުވަތަ އާސަންނަ ޚިދުމަތްތައްދޭ އުސޫލަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ދިވެހިންގެ ބޭސްފަރުވާއަށް 2008 ވަނަ އަހަރު އެކުލަވާލާފައިވާ ހެލްތު އިންޝުއަރެންސް ސްކީމް "އާސަންދަ"އިގެ ދަށުން އަހަރަކު ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް