ޚަބަރު ސަރުކާރު

ރާއްޖެ އިން އދ. ގެ ސެކިއުރިޓީ ކައުންސިލަށް ވާދާކުރަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން
14 ވަނަ އޯއައިސީ ސަމިޓުގައި ރައީސް ޞާލިޙު އަދި މިނިސްޓަރު ޝާހިދު-

އދ. ގެ މައި ދެ ގުނަވަން ކަމުގައިވާ އ.ދ.ގެ ސަލާމަތީ މަޖިލީހާއި އ.ދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މެމްބަރު ޤައުމަކަށް ވުމަށް ދިވެހިރާއްޖެއިން ކުރިމަތިލާން ނިންމައިފިއެވެ.

Ads by Hajj Corporation

ފޮރިން މިނިސްޓްރީން ވިދާޅުވީ އދ. ގެ ސަލާމަތީ މަޖިލީހަށް ކުރިމަތިލާން ނިންމާފައިވަނީ 2033-2034 ގެ ޓަރމަށް ކަމަށެވެ. އަދި އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްއަށް ކުރިމަތިލާން ނިންމާފައިވަނީ 2027-2028 ޓަރމްއަށް ކަމަށާއި

ދިވެހިރާއްޖެއާއި ދޭދޭ ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާ އޮންނަ ގުޅުން ހަރުދަނާކޮށް ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ހަރަކާތްތެރިކަން އިތުރު ކުރުމަކީ ސަރުކާރުގެ ވައުދެކެވެ.

އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ރީތި ނަން ހޯދުމަކީވެސް ސަރުކާރުގެ ވައުދެކެވެ. މި އިންތިޚާބުތަކުގައި ވާދަކުރުމަށް ދިވެހި ސަރުކާރުން ނިންމާފައިވަނީ މި ވައުދުތަކަށް ބިނާކޮށް، ޤައުމަށް އަލިގަދަ މުސްތަގްބަލެއް ހޯދުމުގެ މަޤްސަދުގައެވެ.

އެގޮތުން 2018 އިން ފެށިގެން ހޯދާފައިވާ ކާމިޔާބުތަކުގެ ތެރޭގައި، އދގެ އާންމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާއި އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް އިންތިޚާބުވުން ހިމެނެއެވެ. މިހާތަނަށް ދިވެހިރާއްޖެއިން ހޯދާފައިވާ ކާމިޔާބުތަކަކީ ކުދި ޖަޒީރާ ޤައުމުތަކުން ބައިނަލްއަޤްވާމީ މައިދާނުގައި މުހިންމު ދައުރެއް އަދާ ކުރެވޭނެ ކަމުގެ އަލިގަދަ ދަލީލެކެވެ.

އދގެ ސަލާމަތީ މަޖިލީހުގެ މައިގަނޑު މަޤްސަދަކީ ބައިނަލްއަޤްވާމީ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމެވެ. އަދި އ.ދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މައިގަނޑު މަޤްސަދަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!