ޚަބަރު ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފާސްކުރުން ހޯމަ ދުވަހު

ރައުފާ ރަޝީދު ، ދެން އޮންލައިން

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އަންނަ ހޯމަ ދުވަހު ފާސްކުރުމަށް މަޖިލީހުން އަމާޒުކޮށްފިއެވެ.

Ads by Sosun Fihaara

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ކޮމެޓީން ބަޖެޓް ދިރާސާ ކުރުމަށްފަހު ވަނީ ބަޖެޓަށް 160 މިލިޔަން ރުފިޔާ އިތުރުކޮށްފައެވެ. އެހެންކަމުން މިހާރު އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ ޢަދަދަކީ 42.8 ބިިލިޔަން ރުފިޔާއެވެ.

ބަޖެޓު ހުށަހެޅުއްވުމަށްފަހު މެމްބަރުން ބަޖެޓު ދިރާސާ ކުރެއްވުމަށް ތިން ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް ކުރައްވާނީ މާލިއްޔަތު ކޮމެޓީއާއި، އިޤްތިޞާދީ ކޮމެޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމެޓީއަކުންނެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ ހައްލުނުވެ ހުރި އަސާސީ މައްސަލަތައް ހައްލު ކުރުމާއި ރާއްޖޭގެ އިޤްތިޞާދަށް ދިމާވި ބޮޑެތި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރުން ކަމަށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!