ޚަބަރު ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

2023 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

Ads by STELCO

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅުއްވި 42.8 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކުރީ 61 މެންބަރުންގެ ވޯޓާއެކުގައެވެ. ނުފެންނަކަމަށް އަށް މެންބަރުން ވޯޓު ދެއްވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ފުރަތަމަ ހުށަހެޅުއްވީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ފަހުން ވަނީ 160 މިލިއަން ރުފިޔާ އިތުރުކޮށްފައެވެ.

ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި އަހަރުގެ ބަޖެޓު ފޫބެއްދުމަށް ސަޕްލިމެންޓްރީ ބަޖެޓެއް ބޭނުންވާ ކަމަށެވެ.

މި އަހަރުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން ހުށަހެޅީ 36.9 ބިލިއަން ރުފިޔާ ނަމަވެސް, އަހަރު ނިމޭއިރު އެ ޢަދަދު 42.8 ބިލިއަނަށް އަރާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. އެހެންވެ އެކަން ފޫބެއްދުމަށް ހުށަހެޅުއްވީ 5.8 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެކެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި 61 މެންބަރުންގެ ތާއީދާއެކު ވަނީ
5.8 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓު ވެސް ފާސްކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!