ޚަބަރު އިޖުތިމާޢީ

ޝެއިޚް ނިޝާންގެ މެސެޖެއް ލަންދުއަށް: ޝިރުކުގެ އާސާރުތައް އަލުން ދިރުވުމަށް ފުރުސަތު ނުދެއްވާ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޝެއިޚް އާދަމް ނިޝާން--

ނ.ލަންދޫގައި ޝިރުކުގެ އާސާރުތައް އަލުން ދިރުވުމަށް ފުރުސަތުއް ނުދެއްވުމަށް ޝެއިޚް އާދަމް ނިޝާން އެ ރަށު ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.

Ads by MWSC

ޝެއިޚް ނިޝާން މިހެން ވިދާޅުވީ ހެރިޓޭޖް މިނިސްޓްރީން ނ.ލަންދޫ މާބަދިގެ ސަރަހައްދު ސައިޓް މިއުޒިއަމްއެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ގެދޮރު ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ އާ ހަވާލުކުރުމާ ގުޅިގެންނެވެ.

އިހުޒަމާނުގައި ބުޑިސްޓު މޮނާސްޓްރީއެއް ހުރި ލަންދޫ މާބަދިގެ ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ގްރާންޓްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

ޝެއިޚް ނިޝާން ވިދާޅުވީ ރާއްޖެއަށް ބުދު ދީން ގެނައުމަށް އިންޑިއާއިން ދަނީ އެތައް މަސައްކަތްތަކެއް ކުރަމުން ކަމަށާއި މި ކަންކަން ނުހުއްޓުވައިފިނަމަ މިތަނަށް އަލުން ބުދު ދީން ގެނައުމުގެ އިތުރަށް އިސްލާމްދީނުގެ ވަސްވެސް ފޮހެލާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫން ކަމަށެވެ.

ލަންދޫގެ ރައްޔިތުންނަށް ގޮވާލަން އޮތީ ތިޔަ ފަސްގަނޑުގައި މި ޝިރުކުގެ އާސާރުތައް އަލުން ދިރުވުމަށް ކުޑަނަމަވެސް ފުރުސަތެއް ނުދެއްވާށޭ.

ތާރީޚީ ޢިލްމުވެރިއެއްކަމަށްވާ އެޗްސީޕީ ބެލް ވިދާޅުވެފައިވާ ގޮތުން ލަންދޫ މާބަދިގެ ސަރަހައްދުގައި ފައްޅިއަކާއި އިތުރު ކުޑަ ފަސް އިސްތޫޕާ ވެސް ހުރިއެވެ.

''އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާ'' އިން ރާއްޖެއަށް ފޮނުވި ޓީމަކުން 1987 ވަނަ އަހަރު ސާވޭކުރުމަށްފަހު ބުނެފައިވާ ގޮތުން ލަންދޫ މާބަދިގެއަކީ ބުދު ދީނުގެ މޮނާސްޓްރީއެކެވެ.

Ads by Allied Insurance
  1. ސަރީ

    އެތަކެތި ނަގާކަޑައްއަޅާލާ ،،ނޫނީ އިންޑިއާމީހުންއެއްވާތާކައްތިތަންހަދާނެ،އަދި ފަހުން ތިކަމައްކުދިންބޯލަބަން ބާރުއަޅާނެ

  2. ސެއްޅި

    ޝިރުކުގެ އާސާރުތައް ދިރުވިޔަ ނުދިނުމަށްޓަކައި ގައުމު ދީނަށް ސީދާ ކުރުމަށްޓަކައި މަސައްކަތް ކުރައްވާ ފަރާތަކަށް ބައިއަތު ހިއްޕަވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތް ކޮށް ދެއްވާ….އެބޭފުޅަކަށް ފެންނަން ހުންނެވީ ހަމައެކަނި ޢުމަރު ނަޞީރު..ބަދުރުން މިސާލު ނަންގަވާ.

  3. ނާޅި

    އިންޑިޔާގެ ހިންދޫން އުޅެނީ ހިންދޫ ފައްޅި އަޅާ ޝިރުކުގެ ކަންކަން ދިރުވާ އާލާކުރަން ދުނިޔޭގެ ކަންކޮޅު ތަކުގައި،