ޚަބަރު އިޖުތިމާޢީ

ޕްލެޓްފޯމް ފަރަށްއެރުން: އެފްކޮންސްއިން އީޕީއޭގެ ނިންމުން އިސްތިއުނާފަށް ހުށަހަޅައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ތިލަމާލެ ބުރިޖު އެޅުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް އެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރުމާ ގުޅިގެން ލިބުނު ގެއްލުންތަކުގެ ބަދަލެއްގެ ގޮތުގައި 64 މިލިއަން ރުފިޔާ ދައްކަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެންގުމުން އެފްކޮންސްއިން އެ ނިންމުން އިސްތުނާފަށް ހުށަހަޅައިފިއެވެ.

Ads by STELCO

ބުރިޖު އެޅުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ވިލިމާލޭ ފަރަށް ޕްލެޓްފޯމް އެރީ މިދިޔަ އޮގަސްޓު މަހުގެ 16 ވަނަ ދުވަހުއެވެ.

ޕްލެޓްފޯމް އެރުމާ ގުޅިގެން ފަރަށް ލިބުނު ގެއްލުންތައް ބަލަން ކުރި ދިރާސާއަށްފަހު އީޕީއޭއިން މިދިޔަ މަހުގެ 13 ވަނަ ދުވަހު އެފްކޮންސްއަށް އެންގީ ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 69.4 މިލިއަން ރުފިޔާ ދެއްކުމަށެވެ.

ޖޫރިމަނާ ދައްކަން އެއް މަސްދުވަހުގެ މުއްދަތެއް ދިން ނަމަވެސް އަދިވެސް އެ ކުންފުނިން ފައިސާއެއް ނުދައްކައެވެ.

އޭގެ ބަދަލުގައި އެފްކޮންސްއިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އީޕީއޭގެ ނިންމުން މުރާޖަޢާ ކުރުމަށް އެދި އެންވަޔަރަމަންޓް މިނިސްޓަރަށް ހުށަހަޅާފައެވެ.

ގަވާއިދުގައިވާ ގޮތުން އީޕީއޭގެ ނިންމުންތައް އިސްތިއުނާފުކުރަން މިނިސްޓަރަށް ހުށަހެޅޭނެއެވެ. ހުށަހަޅައިފިނަމަ މުރާޖަޢާ ކުރަން ނުވަތަ ލުއިދޭން އެންގެވުމުގެ ބާރު މިނިސްޓަރަށް ލިބިވަޑައިގަންނަވާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!