ހިޔާ 16 ވަނަ ޓަވަރުގެ ތިންވަނަ ލިފްޓަށް ދިމާވި މައްސަލަ ހައްލުކޮށްފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިއަދު ވިދާޅުވެއްޖެއެވެ.
ހިޔާ 16 ވަނަ ޓަވަރުގެ ތިންވަނަ ލިފްޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ލިފްޓުގެ ޚިދުމަތް މެދުކެނޑުނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އެ ގޮތުން އެ މައްސަލަ ވީހާވެސް އަވަހަށް ހައްލުކުރަން އެ ކުންފުނިން އައީ މަސައްކަތް ކުރަމުންނެވެ.
އެޗްޑީސީން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހިޔާ 16 ވަނަ ޓަވަރުގެ ތިންވަނަ ލިފްޓަށް ދިމާވި މައްސަލަ މިހާރު ވާނީ ހައްލުކުރެވިފައި ކަމަށެވެ.
އަދި ލިފްޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ލިފްޓް ބޭނުންކުރާ ފަރާތްތަކަށް ދިމާވި ދަތިތަކަށް އަދިވެސް އެއްފަހަރު މާފަށް އެދޭކަމަށް އެޗްޑީސީން ވިދާޅުވިއެވެ.