Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

ރައީސްގެ ދެކަނބަލުން ކޮޅުފުށްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސްގެ ދެކަނބަލުން ކޮޅުފުށްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން މ. ކޮޅުފުށްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ރައީސްގެ ދެކަނބަލުން ކޮޅުފުއްޓަށް މި ކުރެއްވި ދަތުރުފުޅަކީ މިއަހަރުގެ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާއިގުޅިގެން އެރަށުގައި ބޭއްވި ރަސްމީ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. އެރަަށަށް ކުރެއްވި ރަސްމީދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މިއަދު ހަވީރު މާލެ ވަނީ ވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގަައި ސުނާމީ ކާރިސާގައި ކޮޅުފުށިން ނިޔާވި މީހުންގެ ހަނދާނުގައި ހަދާފައިވާ ހަނދާނީ ބިނާ ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. އަދި އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާ އެމަނިކުފާނު ވަނީ ޝަރަފްވެރިކޮށްދެއްވާފައެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން މިއަދު ހަވީރު ބޭއްވި އަތުގުޅާކުމުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޮޅުފުށީ ކައުންސިލާއި، އ.ތ.މ ކޮމިޓީއާވެސް ބައްދަލުކުރައްވާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް