ރ ފުއްގިރި މައްސަލައިން ދިފާޢުވުމަށް އައު ހެކިތަކެއް ލިބިފައިވާ ކަމަށް ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ވަކީލުން ވިދާޅުވެއްޖެއެވެ. މި މައްސަލައިގައި ދައުލަތުން ވެސް ވަނީ އައު ހެކި ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ) ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ ފުއްގިރި މައްސަލައިގެ އަޑުއެހުމަށް މިއަދު ވަނީ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައެވެ.
މި މައްސަލައިގައި އިދިކޮޅު ލީޑަރު، ރައީސް ޔާމީންގެ މައްޗަށް ދެ ދަޢުވާއެއް އުފުލާފައިވެއެވެ. އަދި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިޔަރިންގ ޕްރައިވެޓް ލިމިޓެޑުގެ އިތުރުން، އަޙުމަދު ކްރިކް ރިޒާގެ މައްޗަށްވެސް މި މައްސަލައިގައި ވަނީ ދައުވާ އުފުލާފައެވެ.
މިއަދު ކުރިއަށް ގެންގޮސްފައިވަނީ މި ތިން ގަޟިއްޔާގެ އަޑުއެހުންތަކެވެ. މިއަދު ޝަރީޢަތުން ވަނީ މައްސަލަ ގޮސްފައިވާ ހިސާބު ސާފު ކުރައްވާފައެވެ.
މި އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލު ވިދާޅުވީ، މި މައްސަލައާ ގުޅޭ އައު ހެކިތަކެއް މިހާރު ލިބިފައިވާ ކަމަށާއި، އެ ހެކިތައް ހުށައެޅުމަށް ފުރުސަތެއް ދިނުމަށް އެދޭ ކަމަށެވެ.
.ކްރިކް ރިޒާގެ ވަކީލުވެސް ވަނީ ދައުލަތުން އައު ލިއުންތަކެއް ހުށައަޅާފައިވާއިރު، ދިފާޢަށްވެސް އެ ހުށައެޅުންތަކަށް ރައްދު ދީ އައު ހުށައެޅުންތަކެއް ހުށައެޅުމަށް ފުރުސަތު ބޭނުންވާކަމަށް ވިދާޅުވެފައެވެ.
.އޭގެ އިތުރުން، ގާޒީ ޢަލީ ނަދީމް މި މައްސަލައިން ތަނާޒުލްވެވަޑައިގަންނަަވަން ޖެހޭކަމަށް ޤަބޫލު ކުރައްވާކަަމަށްވެސް އޭނާގެ ވަކީލު ވިދާޅުވިއެވެ.
އެގޮތުން އޭރު އަދީބުގެ ވަކީލެއްގެ ގޮތުގައި އަލީ ނަދީމް މަސައްކަތް ކުރައްވާފައިވުމާއި، އަޙްމަދު އަދީބަކީ މި މައްސަލައިގެ މައި ހެއްކަކަށްވާއިރުު، މަސްލަހަތު ފުށުއެރުންތަކެއް އަންނަކަމަށް ޤަބޫލު ކުރެވޭކަމަށް ވިދާޅުވެފައެވެ.
ނިމުނު ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގައި ވ.އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ނިންމައި، 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.
ފުއްގިރި މައްސަލައަކީ އާރަށު މައްސަލައިގެ ކުރިން ދައުވާކުރި މައްސަލައެއް ކަމުގައިވީ ނަމަވެސް އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ނިމުނު ފަހުން މައްސަލައިގެ އެއްވެސް އަޑުއެހުމެއް ބާއްވާފައިނުވެއެވެ.