ޚަބަރު ސިޔާސީ

ރާ އަތޮޅުން 70 އިންސައްތައަށްވުރެ ގިނަ ވޯޓް ރައީސް ޞާލިހަށް ޔަގީން ކުރާނަން: އިސްމާއީލް އަޙްމަދު

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ: ރައީސް ޞާލިހް ކެމްޕޭން ޓީމް

ރ. ދުވާފަރުން އެކަނި 75 އިންސައްތައަށް ވުރެ ގިނަވޯޓާއި މުޅި ރ. އަތޮޅުން 70 އިންސައްތައަށް ވުރެ ގިނަ ވޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ހޯދައިދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަޙްމަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސް އިބްރާހިމް ޞާލިހްގެ ކެމްޕޭނަށް މިރޭ ރ. މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު އިސްމާއީލް ވިދާޅުވީ ބޭނުންވަނީ ތަފާތު ހިޔާލުގެ ތެރެއިން ތަފާތު ކުރުމެއްނެތި ހުރިހާ ފިކުރާއި ގުޅޭ ވެރިއެއްކަމަށެވެ.

"ދުވާފަރުން އެކަނި 75 އިންސައްތައަށްވުރެ ގިނަ ވޯޓް އިރާދަކުރެއްވިއްޔާ ރައީސް ޞާލިހަށް ހޯދައި ދޭނަން. އަދި މިއާއެކު ރ އަތޮޅުން 70 އިންސައްތައަށް ވުރެ ގިނަ ވޯޓް ރައީސް އަށް ހޯދައިދޭނަން. އަޅުގަނޑުމެން ބޭނުންވޭ ތިފަދަ ތަފާތު ހިޔާލުގެ ތެރެއިން ތަފާތު ކުރުމެއްނެތި ހުރިހާ ފިކުރާއިގުޅޭ ވެރިއެއް. އެމްޑީޕީ ވެރިކަމަށް ގެނައުމަށްޓަކާ އަދި އެމްޑީޕީގެ ރިޔާސީ ޓިކެޓް އަޅުގަނޑުމެން ހަވާލުކުރުމަށް އުފަލާއެކު އަޅުގަނޑުމެން ބޭނުމޭ" މެމްބަރު އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް އިތުރަށް ވިދާޅުވީ ފާއިތުވެދިޔަ ހުރިހާ ސަރުކާރަކުން ވެސް ރ. އަތޮޅަށް ވަނީ އިހުމާލުވެފައިކަމަށާއި މި ހަތަރު އަހަރު ފިޔަވައި ރާއްޖޭގައި މަޝްހޫރުގޮތެއްގައި ނޫނީ ރަނގަޅު އިންގިލާބީ ބަދަލެއް މި ރ. އަތޮޅަށް ގެނެސްދެއްވި ރައީސެއް ދެކެފައި ނުވާކަމަށެވެ.

"މިސަބަބަށްޓަކައި އަޅުގަނޑުމެންނަށް މިއަދު މަޖުބޫރު އެމްޑީޕީ ކުރިއަށް ރާއްޖެ ކުރިއަށް އަދި ވަކިން ހާއްސަކޮށް ރ. އަތޮޅު ކުރިއަށް ގެންދިޔުމަށްޓަކައި ކުރިއަށް އޮތް އިންތިހާބުގައި ބޮޑު ތަފާތުން ކުޑަ ތަފާތެއް ނޫން ބޮޑު ބޮޑު ތަފާތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އެމްޑީޕީ ޓިކެޓް އަޅުގަނޑުމެން ހޯދައިދިނުން" އިސްމާއިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ރ. އަތޮޅަ ދެއްވާ އަހައްމިއްޔަތާއި ބަހައްޓަވާ ގާތްކަމާއި ގެނެސްދެއްވި ބަދަލުގެ، ބަދަލެއްގެ ގޮތުން އެއަތޮޅުން އެމަނިކުފާނަށް ބޮޑުކޮށް ވޯޓުއަޅައި ވޯޓުފޮށިތައް ފުރާލަ ދެއްވާނެކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމަކީ އެތައް އުނދަގޫތަކެއް ތަހައްމަލް ކުރަންޖެހުނުް ވެރިކަމެއް ކަމަށާއި އުފަލާއެކު ފާހަގަކޮށްލަން މިޖެހެނީ އަވައްޓެރި އެތައް ގައުމެއް އުފުލި އެތައް ތަކުލީފެއް ރައްޔިތުންނާއި ހަމައަށް ވާސިލް ނުވެ ސަލާމަތްކޮށްދިނުމަށް ﷲގެ ވާގިފުޅާއެކު ކޮށްދެއްވި މިންނެތް މަސައްކަތް ކަމަށްވެސް މެމްބަރު އިސްމާއިލް ފާހަގަކުރެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!