ޚަބަރު އިޖުތިމާޢީ

ކެމްބޯޑިއާގެ ބޮޑުވަޒީރު މާލެ ވަޑައިގަތުމާއި ގުޅިގެން ޓްރެފިކަށް ގެނެވޭ ބަދަލުތައް ހާމަކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކެމްބޯޑިއާގެ ބޮޑުވަޒީރު މާލެ ވަޑައިގަތުމާއި ގުޅިގެން ޓްރެފިކަށް ގެނެވޭ ބަދަލުތައް ހާމަކޮށްފިއެވެ.

Ads by STELCO

ފުލުހުން މިއަދު ބުނީ 2023 ޖަނަވަރީ 16 ވަނަ ދުވަހު ކެމްބޯޑިއާގެ ބޮޑުވަޒީރު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތާ ގުޅިގެން އިއްޒުއްދީން ފާލަމާއި ޖުމްހޫރީ މައިދާން އަދި ހޮޓެލް ޖެން ހިމެނޭ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށް އެސަރަހައްދުގެ ބައެއް މަގުތައް ބަންދުކުރެވޭނެކަމަށެވެ.

"2023 ޖަނަވަރީ 15 ވަނަ ދުވަހަގެ 18:00 އިން ފެށިގެން އިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދުގެ ފަޅު ބަންދުކުރެވޭނެ އަދި ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައި ޕާކްކުރުމަކީ މަނާކަމެއް" ފުލުހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް، ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރަސްމީ ދަތުރުފުޅެއްގައި، މި ހިނގާ ޖަނަވަރީ މަހުގެ 15 އިން 17 އަށް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާއިރު ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތައް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ވެސް މި ދަތުރުފުޅުގެ ހަވާސާގައި ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތްތައް ހަރުދަނާކުރުމަށާއި، ވިޔަފާރީގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހި ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބާއްވާ ބިޒްނަސް ފޯރަމްގައި ދެ ޤައުމުގެ ޗެމްބަރ އޮފް ކޮމަރސް އިން ބައިވެރިވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!