އިންޑޮނޭޝިއާއަށް ބާރު ގަދަ ބިންހެލުމެއް އަތުވެއްޖެ

އިންޑޮނޭޝިއާގެ މޮލުސްކަސް އަށް ބާރު ގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
ރާއްޖެ ގަޑިން މިއަދު ހެނދުނު 11:06 ގައި އައި މި ބިންހެލުމުގެ ބާރުމިނުގައި 7.1 މެގްނިޓިއުޑް ހުރިކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ވަނީ ވިދާޅުވެފައެވެ.
ދި މި ބިންހެލުން އައިސްފައި ވަނީ ރާއްޖެއާއި 5948 ކިލޯމީޓަރު ދުރުން ކަމަށާއި މި ބިންހެލުމުގެ އަސަރެއް ރާއްޖެއަށް ކޮށްފާނެކަމަކަށް ލަފާ ނުކުރެވޭކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސްމަޓްރާއަށް އައި ބާރުގަދަ ބިންހެލުމާއެކު އުފެދުނު ސުނާމީގެ ސަބަބުން ރާއްޖެއަށް ވަނީ ނުހަނު ބޮޑެތި ގެއްލުންތަައް ލިބިފައެވެ.
މިގެއްލުންތަކުން އަރައިގަތުމަށް ރާއްޖޭ އިތުރުން ގިނަ ގައުމުތަކަކުން ވަނީ ގިނައަހަރު ތަކެއް ނަގާފައެވެ.
މީގެ އިތުރުން 2011 ވަނަ އަހަރު ޖަޕާނަށް އައި ބިންހެލުމާއި މިބިންހެލުމާއެކު އުފެދުނު ސުނާމީގެ ސަބަބުން ވަނީއެތައް ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.