ޚަބަރު ސިޔާސީ

ރައީސް ޞާލިހުގެ ވެރިކަމުގައި ވިދާޅުވި ހުރިހާ ވާހަކައެއްވެސް ވަރަށް ސާފު: ޔައުގޫބް 

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ވިދާޅުވި ހުރިހާ ވާހައެއްވެސް ވަރަށް ސާފުކަމަށާއި ވިދާޅުވާ އެއްޗެއް ސާފުނުވެގެން ތަރުޖަމާ ކުރާކަށް ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޔައުގޫބް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކޮންދެއްވި އެންމެ ބޮޑު އެއްފަސޭހައަކީ އެއީކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެމްޑީޕީގެ މެމްބަރުންނަށް ކޮށްދެއްވި އެންމެ ބޮޑު އެއްފަސޭހައަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު ވިދާޅުވާ އެއްޗެއް ސާފުނުވެގެން ތަރުޖަމާ ކުރަން އެމްޑީޕީގެ މެމްބަރުން ކުރަންޖެހުނު މަސައްކަތަށް ނިމުމެއްގެނައުން. އިބޫގެ ހެޔޮވެރިކަމުގައި 4 އަހަރު ވިދާޅުވި ހުރިހާ ވާހައެއްވެސް ސާފު" ޔައުގޫބް ވިދާޅުވިއެވެ.

މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފޯރިއާއެކު ދެ ކެންޑިޑޭޓުން ކުރައްވަމުން ގެންދަވާ އިރު ދެ ކެންޑިޑޭޓުން ވެސް ދަނީ ބަހުގެ ހޫނު ހަމަލާތައް ރައްދު ކުރައްވަމުންނެވެ. އަދި ކެމްޕޭނުގައި ދެފަރާތުގެ ސަޕޯޓަރުން ވެސް ގެންދަވަނީ ބަހުގެ ހަމަލާތައް ރައްދު ކުރަމުންނެވެ. އެހެންނަމަވެސް ޕްރައިމަރީއަށް ފަހު އެކުގައި މަސައްކަތް ކުރެވޭ ފަދަ ގޮތަކަށް ކެމްޕޭން ކުރިއަށް ގެންދިޔުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ އެދިލައްވާފައެވެ.

  1. ސާފުވާނެތާ ވަގު ހޮވަން ނުކުތް މީހާ އޮތީ ވަގާއެކު