Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

އިބްރާ އަދާލަތަށް: އެމްޑީޕީ ލާދީނީ ކަމަށް ބުނާއިރު، ކޯލިޝަން ހަަދަނީ ކީއްވެ؟

އިބްރާ އަދާލަތަށް: އެމްޑީޕީ ލާދީނީ ކަމަށް ބުނާއިރު، ކޯލިޝަން ހަަދަނީ ކީއްވެ؟

ވެރިކަން ކުރަމުން އަންނަ މައި ޕާޓީ، އެމްޑީޕީ އަކީ ލާދީނީ ފިކުރެއް ކަމަށް، ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީން ބުނަމުން އަންނައިރު، އެ ޕާޓީން އެމްޑީޕީއާ އެކުގައި ކޯލިޝަން ހަދަނީ ކީއްވެގެންތޯ، އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް(އިބްރާ) ސުވާލު ކުރައްވައިފިއެވެ.

އިބްރާ މި ސުވާލު އުފައްދަވައިފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ. އިބްރާ ވަނީ އެމްޑީޕީ އަކީ ލާދީނީ ފިކުރެއް ކަމަށް ބުނާ އަދާލަތުން، އެ ޕާޓީއާ ކޯލިޝަން ހަދަނީ ކީއްވެތޯ އައްސަވައި، ކޮންމެ ކެންޑިޑޭޓަކު ރިޔާސީ ރޭހަށް ނުކުންނެވިޔަސް، އެމްޑީޕީ ވާނީ އެމްޑީޕީއަށް ކަމަށްވެސް ވިދާޅުވެފައެވެ.

އިބްރާ މިފަދައިން ވިދާޅުވިއިރު، ނިމިގެން ދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، އަދާލަތު ޕާޓީގެ ގިނަ އިލްމުވެރިންވަނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވައި، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާ ދެކޮޅަށް ފާޅުގައި ނުކުންނަވައިފައެވެ. އަދާލަތު ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރު އިމްރާންވެސް ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައި، އެ މަނިކުފާނަކީ ތަފާތު ފިކުރުގެ މީހުންނާއެކުގައިވެސް މަސަައްކަތް ކުރެއްވޭނެ ފަަދަ ޤާބިލު ލީޑަރެއް ކަމަށް ވިދާޅުވެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް