ޚަބަރު އިޖުތިމާޢީ

ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 ޕަސެންޓް މީހުން މަރުވަނީ ކެންސަރު ބަލީގައި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
February 4, World Cancer Day concept poster with hand drawn vector art of ribbon and planet earth

ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 ޕަސެންޓް މީހުން މަރުވަނީ ކެންސަރު ބަލީގައިކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނެރުއްވި ބަޔާނެއްގައި ބުނެފައިވާ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން 2020 ގައި އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 ޕަސެންޓް މީހުންނަކީ ކެންސަރު ބަލީގައި މަރުވާ މީހުން ކަމަށެވެ.

މި ބަޔާނުގައި ވަނީ ކެންސަރު ބައްޔަކީ ހަށިގަނޑުގެ ތެރޭގައި ސެލްތައް އުފެދޭ އުފެދުން ކޮންޓްރޯލުން ނެއްޓު އާދަޔާ ހިލާފަށް ގިނައިން ސެލް އުފެދުނު ޖެހޭ ބަލިބަލީގެ ތެރެއިން ހިމެނޭ ބައްޔެއް ކަަމަށެވެ. އަދި މިއީ ހަށިގަނޑުގެ ކޮންމެ ތަނެއްގައި އުފެދިދާނެ އަދި ކެންސަރު އުފެދިފައިވާ ސަަރަހައްދުގެ ޓިޝޫތަކާއި ސެލްތައް ކޮންޓްރޯލެއް ނެތި ބޮޑުވެ، އަދި ބަލި ދުރާލާ ދެނެގަނެ ފަރުވާ ނުހޯދިއްޖެނަމަ ނޫނީ ފަރުވާ ކޮންޓްރޯލް ނުކުރެވިއްޖެނަމަ، ހަށިގަނޑު އެހެން ބައިތަކަށް ނުވަތަ ފެތުރިގެންދާ ބައްޔެއް ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ ތިން ސަބަބުތަކުގެ ތެރޭގައި ކެންސަރު ހިމެނޭ ކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ، ރާއްޖޭގައި ފިރިހެނުންނަށް އާންމުކޮށް ޖެހޭ ކެންސަރުގެ ވައްތަރުތަކުގެ ތެރޭގައި ފުއްޕާމޭ، ޕްރޮސްޓޭޓް، ކޮލޮރެކްޓަލް، ބަނޑާއި، ފުރަމޭގެ ކެންސަރު ހިމެނޭ ކަމަށެވެ.

މި އަހަރު ކެންސަރު ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ފަރުވާގެ ފަރަގު ކުޑަކުރަމާ" އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!