ޚަބަރު ސިޔާސީ

ބޮޑު ހުޅުގެ ސަބަބުން ލިބުނު ގެއްލުންތަކަށް މަޢާފަށް އެދެން ގޮވައިލައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި، 2008 ވަނަ އަހަރުގެ ފެބުރުއަރީ މަހު ގެ 8 ވަނަ ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި ދިވެހި ދަޢުލަތަށް ދިން ގެއްލުންތަކަށް ރައްޔިތުންގެ ކިބައިން މާފަށް އެދުމަށް ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ގޮވާލައްވައިފިއެވެ.

Ads by MWSC
މޮސްޓާ މިފަދައިން ގޮވާލައްވާފައިވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ހުށަހަޅުއްވާފައިވާ ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމަށާއި ގުދަންކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ އަދަދެއްހެ ފައިސާ ހޭދަކުރަން ޖެހިފައިވާތީ އެކަމަށް އަވަސް ހައްލެއް ހޯދުމަށް ހުށަހެޅުއްވި ޤަރާރަށް ބަހުސް ކުރައްވަމުންނެވެ.

މޮސްޓާ ވިދާޅުވީ 8 ފެބުރުއަރީގައި ރައީސް ނަޝީދާއި އެމްޑީޕީގެ މެންބަރުން ނިކުމެ 300 އެތައް މިލިއަން ރުފިޔާގެ ގެއްލުން ދިވެހި ދަޢުލަތާއި ދިވެހި ރައްޔިތުންނަށް ދީފައިވާކަމަށާއި ރައީސް ނަޝީދު އިސްވެ ހުންނަވާ ހިންގި އެ ޖަރީމާއަށް ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދުމަށް ގޮވައިލައްވާކަމަށެވެ.

"މިއަދަކީ ދިވެހިރާއްޖޭގައި މީގެ 11 އަހަރު ކުރިން ބަޣާވާތެއް ގެންނަން ޚާއިނުންތަކެއް އިސްވެ ތިބެގެން ނިކުމެ 300 އެތައް މިލިއަން ރުފިޔާގެ ގެއްލުން ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންނަށް ދިން ދުވަހެއް." މޮސްޓާ ވިދާޅުވެފައިވެއެވެ.

2012 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ ހަތް ވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދު ވަނީ މަޤާމުން އިސްތިއުފާ ދެއްވައިފައެވެ. އަދި އޭގެ އަނެއް ދުވަހު، އެމްޑީޕީއަށް ނިސްބަތްވާ ބައެއް އެކްޓިވިސްޓުން ވަނީ ތަންތަނުގައި ހުޅު ޖަހައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!