Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ރައްޔިތުންގެ މަޖިލިސް

ޖީހާންގެ މެސެޖެއް ސިޔާސީ ކަނބަލުންނަށް: އަންހެނަކަށް ދެރައެއް ލިބޭ ވަގުތު އޭނަ ގަންބާނުލަން އަޒުމް ކަނޑައަޅާ

ޖީހާންގެ މެސެޖެއް ސިޔާސީ ކަނބަލުންނަށް: އަންހެނަކަށް ދެރައެއް ލިބޭ ވަގުތު އޭނަ ގަންބާނުލަން އަޒުމް ކަނޑައަޅާ

އަންހެނަކަށް ދެރައެއް ލިބޭ ހިނދު އޭނާ ގަންބާ ނުލަން އަޒުމް ކަނޑައެޅުމަށް ސިޔާސީ ދާއިރާއަށް ނުކުންނަން ބޭނުންވާ ކަނބަލުންނަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދް އިލްތިމާސް ކޮށްފިއެވެ.

"ޕްރެކްޓިސް ޕާލަމަންޓް ފޯރ ވިމެން" 2023ގެ ފުރަތަމަ ބެޗްގެ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންނާއި މުހާތަބުކޮށް ވާހަކަ ދައްކަވަމުން ޖީހާން ވިދާޅުވީ އަންހެނަކަށް ދެރައެއް ދީފި ނަމަ އޭތި އަނބުރާ "ރިޓާން" ވާނެކަމަށެވެ.

"ތިބޭފުޅުން އަޒުމް ކަނޑައަޅުއްވާ ތިބޭފުޅުންގެ ސިޔާސީ ހަޔާތުގައި ދުވަހަކުވެސް އެހެން އަންހެނަކަށް ދެރައެއް ލިބޭ ވަގުތު އޭނަ ގަންބާނުލާނެކަމަށް އެހިނދުން ތިބޭފުޅުންނަށްވެސް އޭތި އަނބުރާ ރިޓާރން ވާނެކަމުގެ ޔަގީންކަން އަޅުގަނޑުދެން" ޖީހާން ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ޖީހާން އިތުރަށް ވިދާޅުވީ ސިޔާސީ ދާއިރާއަށް ނުކުންނަ އަންހެން ކަނބަލުންނަށް ބިރުދެއްކުމަށް ގިނަ ފަރާތްތަކުން ހާއްސަކޮށް ފިރިހެނުން މަސައްކަތް ކުރާނެކަމަށާއި އެހްންނަމަވެސް ހިތްވަރު ދެރަ ނުކުރުމަށާއި ފަސް ނުޖެހުމަށް އެދޭކަމަށެވެ.

"ތިބޭފުޅުން ބިރު ގެންނެވުމަށްޓަކައި އަދި ތިބޭފުޅުން ފަހަތައް ޖެއްސުމައްޓަކައި ސޯޝަލް މީޑިއާގެ ޒަރީއާއިން ތިބޭފުޅުންގެ ޒާތަށް ތިބޭފުޅުން ތިބޭ ގޮތަށް ތިބޭފުޅުން ތުރުކުރައްވާ ހެދުމާއި ތިބޭފުޅުން ވާހަކަ ދައްކަވާގޮތާއި ތިބޭފުޅުންގެ އާއިލާއާއި ތިބޭފުޅުން ދަންނަ މީހުންނާއި ރައްޓެހިންނާއި ކުރާ ކަންކަމާއި ނުކުރާކަންކަމުގެ މައްޗައް ތިބޭފުޅުންގެ ހިތްވަރު ބަލިކޮށްލުމުގެ ގޮތުން ތިބޭފުޅުން ހާއްސަގޮތެއްގައި ފިރިހެން ބޭފުޅުން އެޓޭކު ކުރައްވާނެ އިނގޭތޯ އަޅުގަނޑު މިދަންނަވަނީ އަމިއްލަ ތަޖުރިބާއިން " ޖީހާން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެފަދަ މީހުން އެހެން ކަން ކުރަނީ އަންހެނުން ފަހަތައް ޖެއްސުން ކަމަށާއި އަންހެނުންލައްވާ އިތުރަށް ގޯސް ހެއްދެވުމަށްކަމަށެވެ. އަންހެނުން މިދާއިރާއަށް ނުކުމެއްޖެއްޔާ ގެއްލެނީ މިދާއިރާއިން ފިރިހެނުންނަށް ފުރުސަތުތަކެއްކަމަށް ޖީހާން ފާހަގަ ކުރެއްވިއެވެ.

 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް