ޚަބަރު ސަރުކާރު

ދިއްދޫގައި އިމާނުންނާ ޚަތީބުންނަށް ބޭއްވި ތަމްރީނު ޕްރޮގްރާމް ނިންމައިލައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ހއ.ދިއްދޫގައި އިމާމުންނާއި ޚަތީބުންނަށް ބޭއްވި ތަމްރީނު ޕްރޮގްރާމް ނިންމައިލައިފިއެވެ.

Ads by MWSC

މިއީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން 19 ވަަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ހއ.އަތޮޅުގެ ރައްތަކުން ޖުމްލަ 48 އިމާމުންނާއި ޚަތީބުން ބައިވެރި ވެފައިވެއެވެ. މި ޕްރޮގްރާމްގައި ކިޔަވައިދެއްވާފައިވަނީ މިދާއިރާގެ ފުންނާބު އުސް ޢިލްމުވެރިންނާއި ޤާރީން، އެގޮތުން ތިން ޢިލްމުވެރިންނާއި ތިން ޤާރީން ކިޔަވައިދެއްވާފައިވެއެވެ.

މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރާ ފަރާތްތަކަކީ، ޢާއްމު ރައްޔިތުންނާއެކު ފަރުޟު ފަސްނަމާދު އިސްވެކުރައްވާ ފަރާތްތައް ކަމަށްވާތީ، އެފަރާތްތަކުގެ ޢިލްމާއި ހުނަރާއި އަދި ޤާބިލްކަން އިތުރުކުރުން ކަަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މި ޕްރޮގްރާމްގައި ނަމާދުގެ ޙުކުމްތަކާއި، ޚިލާފީ މައްސަލަތަކުގައި ޢަމަލުކުރާނެގޮތާއި މަސައްކަތުގެ އަޚްލާޤާއި، އެހެން މީހުންނާއި މުޢާމަލާތްކުރުން ފަދަ މައުޟޫޢުތަކާއި ތަޖުވީދުގެ އިތުރުން ޚުޠުބާ ހުށަހެޅުމުގައި ވިސްނަންވީ ކަންކަމާއި، އިމާމުންނާއި ގުޅޭ ސިވިލް ސާވިސްގެ ޤަވާޢިދާ އުސޫލުތަކާއި ހުކުރު ޤަވާޢިދާ އުސޫލު ބަޔާންކޮށްދީފައިވެއެވެ.

އޭގެ އިތުރުން އިމާމުންނާއި ޚަތީބުންގެ މަސްއޫލިއްޔަތުތައް  އަދާކުރުމުގައި ކުރެވޭ ކުއްތަށް ފާހަގަކޮށް އެކަންކަން ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަން ބަޔާން ކޮށްދީފައިވެއެވެ.

މި ޕްރޮގްރާމަކީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެއް ކަމަށް ވުމާއި އެކު މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް އޮތްތާގައި އެހެން އަތޮޅު ތަކުގައިވެސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

  1. މާލެ އާއި ހުޅުމާލޭގައި ބަޔެއް އިމާމުން ފަރުޞު ނަމާދު ކުރަނީ ޤިޔާމުއްލައިލި ކުރާގޮތަށް އެހާ ދިގުކޮށް !