ޚަބަރު ސަރުކާރު

ރާއްޖެއާ ޔޫއޭއީއާ ދެމެދު އަސްކަރީ ގުޅުން ވަރުގަދަ ކުރަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރާއްޖެ އާއި ޔޫއޭއީއާ ދެމެދު އަސްކަރީ ދާއިރާ އިން ގުޅުން ވަރުގަދަ ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

Ads by MWSC

އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިހާރު ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.

އެ ދަތުރުގެ ތެރެއިން މާރިޔާ ވަނީ ޔޫއޭއީގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ލެފްޓިނެންޓް ޖެނެރަލް އިންޖިނިއާ އީސާ ސައިފް ބިން އަބްލަން އަލް މަޒްރޫއީ އާ ބައްދަލު ކުރައްވައިފައެވެ.

އެ ބައްދަލުވަމަށް ފަހު މާރިޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔޫއޭއީގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފްއާއި އެކު ކުރިއަށްދިޔައީ ކާމިޔާބު އަދި މުހިއްމު ބައްދަލުވުމެއް ކަމަށާއި ބައްދަލުމުގައި ދެޤައުމުގައި އަމާންކަމާއި ހަމަޖެހުން ގާއިމުކުރުމަށް އަސްކަރީގޮތުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލާ މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އޭގެ ސަބަބުން ދެ ގައުމުގެ އަސްކަރިއްޔާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށްވެސް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ޑިފެންސް މިނިސްޓަރ މާރިޔާއާއި ޔޫއޭއީގެ ޗީފް އޮފް ސްޓާފްވެސް ވަނީ މިހާރު ކުރިޔަށްދާ ޑިފެންސް އެގްޒިބިޝަންތައް ފަދަ ބައްދަލުވުންތަކުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އެއީ އަސްކަރީ ދާއިރާއިން މުޅި ދުނިޔޭގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ކަމާއި ގުޅޭ ހުރިހާ ފަރާތެއް އެއްތަނަކަށް ޖަމާވެ އަމާންކަން ކަށަވަރުކުރުމުގައި ހުރި ހިރާސްތައް ދެނެގަނެ މަޝްވަރާކުރެވޭނެ ޕްލެޓްފޯމެއް މިއާއެކު ލިބިފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

މާރިޔާ އިންޓާނޭޝަނަލް ޑިފެންސް އެގްޒިބިޝަން 2023ގައި ބައިވެރިވެވަޑައިގަތުމަށް ޔޫއޭއީއަށް ވަޑައިގަތީ މިމަހުގެ 20 ވަނަ ދުވަހުގައެވެ.

Ads by Ooredoo
  1. ހިނގާދަމާ

    ގާސިމް ޒިންދާބާދު ޑރ. ހަސަން ޒިންދާބާދު އަންނި ޒިންދާބާދު އުމަރު ނަސީރު ޒިންދާބާދު ކާރނަލް ނާޒިމް ޒިންދާބާދު ޑރ. ޖަމީލު ގެ ހީވާގި ޓީމް ޒިންދާބާދު ޑރ. ވަހީދު ޒިންދާބާދު ޔުނިވަރސަލް ޒިންދާބާދު ޗަންޕާ ޒިންދާބާދު އޭޑީކޭ ނާޝީދު ޒިންދާބާދު ކްރައުން ކޮމްޕެނީ ޒިންދާބާދު ބީއެޗްއެމް ޒިންދާބާދު ލިލީ ސްޓޯރ ޒިންދާބާދު ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި ގާސިމް ހޮވަމާ ހިނގާ ހޮވަން އެންމެން ގާސިމް ވެރިކަމަށް ހޮވާ ހޮވާ ހޮވާ ހޮވާ ހިނގާ ނަގާ ބުންވަރު ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި ގާސިމް އާއި ގުޅެމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….