ސިޔާމަކީ ހަޤީޤީ މާނައިގައި ޤައުމު ދެކެ ލޯބިވާ ބޭފުޅެއް: މަވޯޓާ
އެމްޑީޕީއާއެކު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ގުޅިގެން ނުކުންނަން، އެމްޑީއޭއިން ނިންމުނުން، އެ ޕާޓީގެ ލީޑަރު އަޙްމަދު ސިޔާމަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފެކްޝަނުގެ މެމްބަރު އިބްރާހީމް ޝަރީފު(މަވޯޓާ) ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވި ނިންމެވުން ބާތިލުކޮށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ސިޔާމު ތާއީދު ކުރައްވައި އެމްޑީއޭ އިން އެމްޑީޕީއާ އެކީ އެކީ ކޯލިޝަން ހަދަން ނިންމުމާ ގުޅިގެން މަރުހަބާ ވިދާޅުވެ، މަވޯޓާ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ސިޔާމަކީ ހަޤީޤީ މާނައިގައި ޤައުމު ދެކެ ލޯބިވާ ބޭފުޅެއް ކަމަށެވެ.
މަވޯޓާ ވިދާޅުވީ އެމްޑީއޭގެ ލީޑަޝިޕުން މި ދަނޑިވަޅުގައި ނެގި ސިޔާސީ ނިންމުމަކީ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި ރައީސް ޞާލިޙުގެ ސިޔާސަތު ކުރިއަށް ގެންދިޔުމަށް މަގުފަހި ކުރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް ،މަވޯޓާގެ ޓްވީޓުގައި ފާހަގަކުރެއްވިއެވެ.
އެމްޑީއޭއިން ކުރި ޓުވީޓެއްގައި ބުނީ ދިވެހި ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ދިވެހި ރާއްޖޭގެ ސިޔާސީ ހަމަޖެހުން ޤާއިމުކުރުމަށްޓަކައި އެމްޑީއޭގެ ކައުންސިލް ބައްދަލުވުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އިތުރު ދައުރެއް ދިނުމަށް މަސައްކަތް ކޮށްދިނުމަށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމާފައިވާ ކަމަށެވެ.
ރައީސް ޞާލިޙަށް ތާއީދުކުރަން ނިންމުމުގެ ކުރިން އެމްޑީއޭ އިން އިއްޔެ ވަނީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ބޭފުޅުންނާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.
އެމްޑީއޭގެ އިތުރުން ރިޔާސީ އިންތިހާބުގައި ރައީސަށް ތާއީދުކުރަން އަދާލަތު ޕާޓީން ވެސް ވަނީ ނިންމާފައެވެ.
ހަގީގީ ާނައިގއި ގައުމު ހަލާކުގެ ތެރެއަށް ވައްޓާލަން ހޯދި އިތުރު ފުރުސަތެއް ޝިޔާމް އުޅުއްވަނީ ކަރުދިގު ފުޅހިފައިގެް ރިސޯޓުގަ