ޚަބަރު ސިޔާސީ

އިންތިޚާބަށް ޤާސިމް ނެރުމަށް އެންމެ ބޮޑަށް ބާރު އަޅަނީ މީގެ ކުރިން އެކަމަށް ހުރަސް އެޅި މީހުން: ޑރ. އިޔާޒް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ދެން އިމޭޖްސް

އަންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން އެޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވާދަ ކުރައްވަން ނިންމަވާފައިވާއިރު، އެކަމަށް އެންމެ ބޮޑަށް ބާރު އަޅުއްވަނީ މީގެ ކުރިން އެކަމާ އެންމެ ދެކޮޅުހަދައި ހުރަސް އެޅި މީހުން ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

Ads by STELCO

ޑރ. އިޔާޒް ވިދާޅުވީ އޮނަރަބަލް ޤާސިމް އިބްރާހީމަކީ މޮޅު ވިޔަފާރިވެރިއެއް ކަމަށާއި އެތައް ބައިވަރު ދިވެހި ރަޢްޔިތުންނަަށް އެކިކަހަލަ އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ދީލަތި ބޭފުޅެއް ކަމަށެވެ. އަދި މީގެ ކުރިން ދެ ފަހަރުމަތިން ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައިގެން ކާމިޔާބުވެވަޑައިނުގެންނެވި ކަން ފާހަގަކުރައްވާ ޑރ. އިޔާޒް ވިދާޅުވީ މިއަހަރުގެ އިންތިޚާބުގައި އެމަނިކުފާނު ކުރިމަތިލެއްވުމަށް އެންމެ ބޮޑަށް ބާރުއަޅުއްވާ ބޭފުޅުންނަކީ ކުރިން ދެ ފަހަރު އެމަނިކުފާނު ހޮވުނަ ނުދިނުމަށް އެންމެ ބުރަކޮށް މަސައްކަތްކުރެއްވި ފަރާތްތައް ކަމަށެވެ.

"މިއަހަރުގެ އިންތިޚާބުގައި އެމަނިކްފާނު ކުރިމަތިލެއްވުމަށް އެންމެ ބޮޑަށް ބާރުއަޅުއްވާ ބޭފުޅުންނަކީ ކުރިން ދެފަހަރު އެމަނިކުފާނު ހޮވުނަ ނުދިނުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވިފަރާތްތައް.  އަދި ނިމިގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފެއިލްވި ކެނޑިޑޭޓާއި ބައިވެރިން" ޑރ. އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒް އިތުރަށް ވިދާޅުވީ މިއަދު ޤާސިމް އިންތިޚާބަށް ނެރުމަށް މަސައްކަތް ކުރަނީ 2008 ގައި އުފެދުނު ސަރުކާރުގެ ހޯމް މިނިސްޓަރ ކަމުން 21 ދުވަހުގެ ތެރޭގައި އޮނަރަބަލް ޤާސިމް އިސްތިޢުފާ ދެއްވަން މަޖްބޫރު ކުރުވި ބޭފުޅުންކަމަށާއި  އެބޭފުޅުންގެ އުއްމީދަކީ މިފަހަރު ވެސް ޤާސިމަށް ކާމިޔާބުވެއްޖެނަމަ އެފަދަ ޙާލަތެއް މެދުވެރިކުރުވާ އަލުން ވެރިކަމާއި ޙަވާލުވުން ކަމަށެވެ. އަދި ދިވެހި ރަޢްޔިތުން މިފަދަ މީހުންނާއި މެދު ސަމާލުވާންޖެހޭކަމަށާއި ތިމާގެ އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމުގެ ހަމަޖެހުން އިސްކުރަންޖެހޭކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

Ads by HDC
  1. އަދުރޭ

    އިޔާޒަކީ ފިތުނަފަސާދަ އުފެއްދުމުގެ ގޮތުން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް ދެއްތޯ

  2. ުއާދު

    ތިއީ ކިތާބުލް ބުހުތާން ކިތާބުލްޙަޔަވާން ކިޔަވައިގެން ހުރެ ގައުމާށާއި ރައްޔިތުންނަށް ޣައްދާރުވަމުންދާ ފޭކު ޢިލްމުވެރިއެއް ތިމާގެ ދީން ޑިމޮކްރެސީއަށް ވިއްކާލައިގެން ޠާޣޫތަކަށް ވެގެން ތިއުޅެނީ

    • އާދު ގެ ޚިޔާލަށް ދެކޮޅު ހެދޭކަށް ނެތް