Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ފައްޔާޒު އިބްރާއަށް: ވިސްނުން ކޮށީ ނޫނީ ހިތުގައި އޮތް ނަފުރަތު މާބޮޑީ

ފައްޔާޒު އިބްރާއަށް: ވިސްނުން ކޮށީ ނޫނީ ހިތުގައި އޮތް ނަފުރަތު މާބޮޑީ
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ބަދަލުގައި ދެވަނަ ބުރުން ވެސް އިންތިޚާބު ކާމިޔާބު ނުވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވަމުން ގެންދަވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ކުރެއްވި ޓްވީޓަކަށް އޭނާގެ ކޮއްކޮ އަދި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ރައްދު ދެއްވައިފިއެވެ. އިބްރާ ކުރެއްވި ޓްވީޓްގައި ވަނީ ފުރަތަމަ ބުރު އަދި  ދެވަނަ ބުރުންވެސް ނުވާނެކަމަށް ޕާޓީގެ އިސް ލީޑަރ ވިދާޅުވާކަމަށާއި އެހެންކަމަށް ވާނަމަ، ދެވަނަބުރުން ކާމިޔާބު ކުރެވޭވަރުގެ އެހެން ޕާޓީއެއް އޮތީ ނޫންތޯ އައްސަވައި ސުވާލު އުފައްދަވައކފައެވެ. އިބްރާގެ ޓުވީޓަށް ފައްޔާޒު ވަނީ ހޫނު ރައްދެއް ދެއްވައިފައެވެ.
"ދުވަސްވެފަ އަދި ވިސްނުން ކޮށީ، ނޫނީ ހިތުގައި އޮތް ނަފުރަތު މާބޮޑީ" ފައްޔާޒު ވިދާޅުވިއެވެ
ފައްޔާޒު މިހެން ވިދާޅުވެ އޭނާގެ ބޭބެއަށް ރައްދު ދެއްވައިފައިވާއިރު، އިބްރާ ގެންދަވަނީ މިސަރުކާރާއި އެމްޑީޕީއަށް ވަަރަށް ބޮޑަށް ފާޑު ވިދާޅުވެ ޓްވީޓްތައް ކުރައްވަމުންކަން ފާހަގަކޮށްލެވެއެވެ. އިބްރާއަކީ ކުރިން އެމްޑީޕީގެ ރައީސްގެ ގޮތުގައި އެ ޕާޓީގެ އެންމެ އިސް ސަފުގައި މުހިންމު ރޯލެއް އަދާކުރެއްވި ބޭފުޅެކެވެ. އަދި އެމްޑީޕީ އުފެއްދުމުގައިވެސް އިބްރާ ވަނީ މުހިންމު ރޯލެއް އަދާ ކުރައްވާފައިކަން ވެސް ފާހަގަކޮށްލެވެއެވެ.  

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް