Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

އާރަށު މައްސަލަ: 6 މަސްތެރޭ 53 މިލިއަން ރުފިޔާ ދައްކަން ރައީސް ޔާމީނަށް އަމުރުކޮށްފި

އާރަށު މައްސަލަ: 6 މަސްތެރޭ 53 މިލިއަން ރުފިޔާ ދައްކަން ރައީސް ޔާމީނަށް އަމުރުކޮށްފި

ވ. އާރަށް ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ހިމެނޭ 3،413،230 ޑޮލަރު (53 މިލިއަން ރުފިޔާ) ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ދައުލަތުން ވިދާޅުވީ އާރަށް ކުއްޔަށް ދިން މައްސަލާގައި އިސްލާމިކް ބޭންކްގައި އޮތް ޔާމީންގެ އެކައުންޓަށް ޖުމުލަ 1،295،000 ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ. އަދި އޭގެ ފަހުންވެސް އިސްލާމިކް ބޭންކުގައި އޮތް އިންވެސްޓްމަންޓް އެކައުންޓަކަށް އިތުރު ފައިސާއާއެކު ޖުމުލަ 3،413،230 ޑޮލަރު، 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓްކޮށްފައިވާ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

އެ ފައިސާ ދައްކަން ރައީސް ޔާމީންގެ މައްޗަށް ޢަމުރުކުރީ ވ.އާރަށް ކުށްޔަށް ދިން މައްސަލާގައި އުފުލި ދެ ދަޢުވާވެސް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ޙުކުމަށް ރިޔާޢަތްކޮށެވެ.

Advertisement
Ooredoo — Truecaller (box)

މިމައްސަލަގައި ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީލޯންޑްރިންގެ ކުށް ސާބިތުވެފައިވާތީ، މިފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މަނީލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.

ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ޙުކުމް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ އިސްތިއުނާފްކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް