ޚަބަރު ރައްޔިތުންގެ މަޖިލިސް

ބީއެމްއެލުގައި ހިންގަނީ ޤުރުއާނަށްވުރެ މަތީ ޤާނޫނެއްހެން ހީވާ ފަހަރު އާދޭ: މޮސްޓާ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ބޭންކް އޮފް މޯލްޑިވްސްގައި ހިންގަނީ ކީރިތި ޤުރުއާނަށްވުރެވެސް މަތީ ޤާނޫނެއްހެން ހީވާ ފަހަރުވެސް އަންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަބްދުﷲ ( މޮސްޓާ) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ބޭންކް އޮފް މޯލްޑިވްގައި ހުޅުވާފައިވާ އާއްމުންގެ އެކައުންޓުތަކުން ވެރިފަރާތަށް ނޭނގި ފައިސާ ކެނޑެމުންދާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މޮސްޓާ ވިދާޅުވީ ރާއްޖޭގައި އަށް ވަރަކަށް ބޭންކު ހަރަކާތްތެރިވަމުން އަންނަ އިރު ހަމައެކަނި ބީއެމްއެލްގެ އެކައުންޓުތަކުން މިމައްސަލަ ދިމާވާންޖެހޭ ސަބަބެއް ބަލައިލާން ޖެހޭކަމަށެވެ.

"އަށްވަރަކަށް ބޭންކު ހަރަކާތްތެރިވަމުން ދާއިރު ހަމައެކަނި ބީއެމްއެލުން މިމައްސަލަ މިދިމާވަނީ ކިހިނެތް ވެގެންތޯ އެބަޖެހޭ ކަންނޭނގެ ބަލައިލަން، ދިވެހިންގެ ބޭންކު ކިޔައިގެން ކޮންމެ އަހަރަކު އެތައް ބިލިއަން ރުފިޔާއެއްގެ ޕްރޮފިޓު ނަގަމުންދާ ބޭންކަކުން ހަމައެކަނި ދިވެހި ބޭންކަކުން މިކަން ކުރަމުން ދާއިރު ދެން ހުރި ބޭންކު ތަކުން ބީއޯސީ އާއި އެމްއައިބީ އާއި އެސްބީއާއި އާއި ސީބީއެމްއާއި މިއެއްވެސް ތަނަކުން ނުވޭ ދިމައެއް މިކަހަލައެއްވެސް ކަމެއް ހަމައެތަންތަނުންވެސް މި ލިންކު ފޮނުވައިގެން ވިޔަސް ނޫނީ އެބުނާ ސްކޭމް ކޯލެއްކޮށްގެންވެސް ކީއްވެގެންތޯއޭ އެކަންކަން ނުވަނީ ހަމައެކަނި ބީއެމްއެލުންވަނީ" މޮސްޓާ ވިދާޅުވިއެވެ

މޮސްޓާ ވިދާޅުވީ ބީއެމްއެލުން ބައެއްފަހަރު ދެރަ ނިކަމެތިންގެ ހައްޤުތައް ފެލާލަން މަސައްކަތް ކުރާތަން ފެންނަކަމަށެވެ. އަދި މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީން ހައްލުކުރަންވެސް ޖެހޭކަމަށެވެ.

"ދިވެހިރާއްޖޭގައި ދިވެހިންގެ ބޭންކޭކިޔައިފަ ބޮޑެތި އިސްތިހާރު ތަކަކާއި ހުރިހާ އެއްޗެއް ޖަހާފައި އެތައް ބިލިއަން ރުފިޔާއަކުން ފައިދާ ހޯދާއިރު އެތާންގައި ހިނގަނީ ގުރުއާނަށްވުރެ މަތީ ގާނޫނެއްގެން ހީވާ ފަހަރު އާދޭ ދެރަ ނިކަމެތިންގެ ހައްގުތައް ފެލާލަންވެގެން މަސައްކަތްކުރަމުންދާތައް އެތައް ފަހަރަކު އެބަ ފެނޭ. މިކަންކަން ހައްލުކުރަންވެސް އެބަޖެހޭ ކަންނޭންގެ ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން. ބީއެމްއެލްގެ އިސްބޭފުޅުން މިތަނަށް ގެނެސްގެން ނަމަވެސް" މޮސްޓާ ފާހަގަކުރެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެކައުންޓުތަކުން ލާރި ކެނޑޭވާހަކަ ބީއެމްއެލުގައި ދެއްކީމައި އެތަނުގައި އެކަހަލަ ކަމެއް ނެތް ކަމަށް ބުނެ އެއާ ވިދިގެން ނޫސްބަޔާން ނެރި އެކަން ތަހުގީގު ކުރަމުންދާކަމަށެވެ.

އަދި މުވައްޒަފުން ސަސްޕެންޑު ކުރިކަމަށް ބުނެ ވާހަކަ ދައްކާ ކަމަށާއި ކަމެއް ނެތި ތަހުގީގު ކުރަނީ ކީއްކުރަންތޯ އައްސަވައި މޮސްޓާވަނީ ސުވާލު އުފައްދަވައިފައެވެ.

 

  1. މަޖިލިސް ގެ ރައީސު ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ އަންހެން ކުދިން މަޖިލިސަށް ޖަމާކޮށްގެން “ފިކުރެއްގެ ދިރުން” ބޮޑު މައުލޫދު ކިޔާކަމަށް ވަނީ !

  2. އަބްދޫ

    ތިޔައީ މަޖިލީހާ ބެހޭ ކަމެއްނޫން. ތިޔަކަންކަން ހައްލުކުރުމަށްޓަކާ ދަވްލަތުގެ އިދާރާތައް އެބަހުރި ގާނޫނުހަދާމަޖިލީހުން ގައުމަށް ނަފާލިބޭ ގާނޫނުހަދަންވީ. ތިޔަ މަޖިލީހުގެ ކޮމިޓީއަކީ20000 ރުފަިޔާ ނަގަން ހުންނަ ކޮމިޓީތަކެއް ތިޔަ ކޮމިޓިތަކަކު އެއްޗެއް އެގޭ އެކަކުވެސް ނުހުރޭ.