ޚަބަރު އިޖުތިމާޢީ

ފެބުރުއަރީ މަހު އެކަނި ވައްކަމުގެ 291 މައްސަލައެއް، 195 އެކްސިޑެންޓު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ނިމިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ވައްކަމުގެ 291 މައްސަލައަކާއި ޓްރެފިކް އެކްސިޑެންޓުގެ 195 މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހަޅައިފި އެވެ.

Ads by STELCO

ކޮންމެ މަހަކު އެއްފަހަރު ފުލުހުން އާންމުކުރާ ތަފާސް ހިސާބުތަކުގެ މިދިޔަ މަހުގެ ހިސާބުތައް ދައްކާ ގޮތުން އެމަހު އެކަނި 1،022 މައްސަލައެއް އެ އިދާރާއަށް ވަނީ ހުށަހަޅައިފަ އެވެ.

އެގޮތުން އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. ވައްކަމުގެ 291 މައްސަލައެއް ހުށަހަޅާފައިވާއިރު ޓްރެފިކް އެކްސިޑެންޓުގެ 195 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ.

އިތުރަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު؛

  • މަސްތުވާތަކެއްޗާ ގުޅޭ 159 މައްސަލަ
  • އެއްޗެހި ގެއްލުމުގެ 148 މައްސަލަ
  • މަކަރާއި ހީލަތް ހެދުން 55 މައްސަލަ
  • އަނިޔާ ކުރުމުގެ 47 މައްސަލަ
  • މުދަލަށް ގެއްލުން ދިނުމުގެ 43 މައްސަލަ
  • ފޭރުމުގެ 30 މައްސަލަ
  • ޖިންސީ ގޯނާގެ 25 މައްސަލަ
  • ގެވެށި އަނިޔާ 18 މައްސަލަ
  • ފޯޖް ކުރުމުގެ 9 މައްސަލަ

 

ކޮންމެ މަހަކު ފުލުހުން އާންމު ކުރާ ތަފާސް ހިސާބުތަކަށް ބަލާއިރުވެސް އެންމެ ގިނަ ކަމަށް ފާހަގަކުރެވެނީ ވައްކަމުގެ މައްސަލަތަކެވެ. ދެން އެންމެ އާންމުކޮށް ކުރާ ކުށަކީ މަސްތުވާތަކެތި ބޭނުންކުރުމާއި އެތަކެތީގެ ވިޔަފާރި ކުރުމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!