ވެލިދޫން ނަމޫނާ؛ މިސްކިތްތަކުގައި ފެން ކޫލަރު ބަހައްޓައި ޕްލާސްޓިކު ފުޅި ވެއްދުން މަނާކުރަނީ!
ނ. ވެލިދޫ މިސްކިތްތަކުގައި ފެން ކޫލަރު ބަހައްޓައި ޕްލާސްޓިކު ފުޅި ވެއްދުން މަނާކުރަން ނިންމައިފިއެވެ.
ވެލިދޫ ކައުންސިލުން މައުލޫމާތު ދެއްވިގޮތުގައި ސިންގަލް ޔޫސް ޕްލާސްޓިކުް މަދުކުރުމަށްޓަކައި އެކައުންސިލުން ހާއްސަ އުސޫލެއް އެކުލަވާލާފައިވާއިރު އެއުސޫލުގެ ދަށުން އެއް ފަހަރު ބޭނުންކޮށްފައި އުކައިލެވޭ ޕްލާސްޓިކް މަދުކުރުމަށްޓަކައި ރޯދަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވެލިދޫގެ މިސްކިތްތަކަށް ޕްލާސްޓިކް ފުޅި ވެއްދުން މަނާވާނެ ކަމަށެވެ.
ރޯދަމަހުގައި މިސްކިތްތަކުގައި ތަރާވީސް ކުރައްވާ ފަރާތްތަކަށް ފެން ފޯރުކޮށްދިނުމަށްޓަކައި ޕްލާސްޓިކް ފެންކޭސް މިސްކިތްތަކަށް ހަދިޔާ ކުރެއެވެ. ވެލިދޫ ކައުންސިލުން ވަނީ މިފަދައިން ފެން ހަދިޔާ ކުރައްވާ ފަރާތްތަކުންވެސް 5 ލީޓަރުގެ ފެންފުޅި ހަދިޔާކުރަން އެދިފައެވެ.
"އެއްފަހަރު ބޭނުންކޮށް އެއްލާލެވޭ ޕްލާސްޓިކް މަދުކުރުމަށްޓަކައި އާންމު ދިރިއުޅުމުގައި އުޅުއްވާ އިރު ވެސް ބިއްލޫރި ނުވަތަ އެލްމިނިއަމް ފުޅި ރިފިލް ކޮށްގެން ފެންބުޔުމަށް ބޭނުންކުރުމުގެ އާދަ ގެންގުޅުއްވުމަށް އިލްތިމާސް ކުރަމެވެ." ވެލިދޫ ކައުންސިލުން ބުންޏެވެ.
މީގެ އިތުރުން މިސްކިތުގައި ހޭދަކުރާ ވަގުތުތަކުގައި ފެން ބޭނުން ކުރާ ނަމަ ފެން ރިފިލްކޮށްގެން ބޭނުން ކުރުމަށްޓަކައި ބިއްލޫރި ނުވަތަ އެލްމިނިއަމް ފުޅިއެއް ހިފައިގެން މިސްކިތަށް ދިޔުމަށް ވެލިދޫ ކައުންސިލުން އެދެއެވެ.
ތިމާވެށި ރައްކާތެރި ކުރުމުގެ ގޮތުން އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކު މަދުކުރުމަށް މިސަރުކާރުންވެސް ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ކަން ފާހަގަކޮށްލެވެއެވެ.
ހަކުރުގެ ހައްދުފަހަނަޅާފައިވާ ނަރަކަ ވެލިދޫ އިން މަސްތުވާ ތަކެތި ނޫން ކަމެއް ކޮއްފި