ޚަބަރު ޝަރުޢީ ދާއިރާ

ގުރައިދޫ ކައުންސިލުގެ ކުރީގެ ރައީސާއި ނައިބު ރައީސްގެ މައްސަލަ ޕީޖީއަށް 

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ގަވާއިދާ ހިލާފަށް ބިންތަކެއް ދޫކުރި މައްސަލައިގައި ތ.ގުރައިދޫ ކައުންސިލުގެ ކުރީގެ ރައީސާއި ނައިބު ރައީސްގެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

Ads by MWSC

ތ. ގުރައިދޫ ކައުންސިލްގެ ކުރީގެ ރައީސް ހުސައިން އަހްމަދު އާއި ނައިބު ރައީސް މުހައްމަދު ސަރާހަށް ދައުވާކުރުމަށް އޭސީސީ އިން ޕީޖީއަށް ފޮނުވާފައިވަނީ އިއުލާންނުކޮށް، ގުރައިދޫން ބިންތަކެއް ދޫކުރި މައްސަލަ އެކޮމިޝަނުން ތަހުގީގު ކުރުމަށްފަހުއެވެ.

އޭސީސީން ބުނީ މިމައްސަލައިގައި މިދެމީހުންގެ މައްޗައް ދައުވާ ކުރަން ފޮނުވާފައިވަނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާ ބެހޭ ގަވާއިދާއި ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރުމުގައި ގުރައިދޫ ކައުންސިލުން އަމަލުކުރަމުން އަންނަ އުސޫލާ ހިލާފުވެފައިވެ އެ އުސޫލުތަކާ ހިލާފަށް އިއުލާންނުކޮށް، ބިން ދޫކުރުމުގެ އެއްބަސްވުންތަކުގައި އެ ދެމީހުން ސޮއިކޮށްފައި ވާތީ ކަމަށެވެ.

ގުރައިދޫ ކައުންސިލުގެ ކުރީގެ ރައީސް އާއި ނައިބު ރައީސްގެ މައްޗައް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު ރ. ދުވާފަރު ކައުންސިލުގެ މެންބަރުންނާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ކައުންސިލްގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާކޮށްފައިވާ މައްސަލައިގައި 8 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފައި ވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!