ޚަބަރު އިޖުތިމާޢީ

ރޯދަމަހު މާލެއިން ކުނި ނަގާނީ ރޭގަނޑު 8:30 ގެ ފަހުން

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

މާދަމާ ފެށޭ ރަމަޟާން މަހު ކުނި ނަގާނެ ގަޑިތައް ވެމްކޯއިން އާންމުކޮށްފިއެވެ.

Ads by STELCO

ރަަމަޟާން މަހު ކުނި ނަގާ ގަޑިތަކަށް އެކުންފުނިން ވަނީ ބަދަލުތަކެއް ގެނަސްފައެވެ. އެގޮތުން މާލެއިން ކުނި ނަގާނީ ރޭގަނޑު 8:30 އިން ދަންވަރު 2:30 އަށެވެ. ކުނި ނުވާ ކުނި ނަގާނީ ހަވީރު 4:00 އިން 5:00 އަށެވެ.

ވިލިމާލޭގައި ކުނި ނަގާ ގަޑިތައް ތަފާތެވެ. އެގޮތުން ވިލިމާލެއިން ކުނި ނަގަން ހަމަޖެހިފައިވަނީ މެންދުރު 2:00 އިން ރޭގަނޑު 10:00 އަށެވެ.

ހުޅުމާލޭގައި ކުނި ނަގާނީ މެންދުރު 1:00 އިން ރޭގަނޑު 9:00 އަށެވެ. ހިޔާ ފްލެޓުތަކުން ކުނި ނަގާ ގަޑިތައް ތަފާތެވެ. އެގޮތުން ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކުނި ނެގުމަށްފަހު ދެން ކުނި ނަގަން ފަށާނީ ރޭގަނޑެވެ. ރޭގަނޑު 9:00 އިން ދަންވަރު 1:00 އަށްވެސް ހިޔާ ފްލެޓުތަކުން ކުނި ނަގާނެއެވެ.

ވެމްކޯގެ އޮފީސްތައް ހުޅުވާފައި ހުންނާނެ ގަޑިތަކަށްވެސް ވަނީ ބަދަލުތަކެއް ގެނަސްފައެވެ.

އެގޮތުން ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް، އަދި ރޭގަނޑު 8:00 އިން ދަންވަރު 1:00 އަށެވެ. ހުކުރު ދުވަސްތަކުގައި ވޭސްޓް ޓްރާންސްފާ ސެންޓަރުތައް ހުޅުވާނީ މެންދުރު 2:00 އިިން ހަވީރު 5:00 އަށް، އަދި ރޭގަނޑު 8:00 އިން ދަންވަރު 1:00 އަށެވެ.

އެކުންފުނީގެ ކޯޕަރޭޓް އަދި ރީޖަނަލް އޮފީސްތައް ހުޅުވާފައި ހުންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ.

ރަމަޟާން މަހަކީ ކޮންމެ އަހަރަކުވެސް ގޭގެއިން އުފައްދާ ކުނި އިތުރުވާ މަހެކެވެ. އެހެންވުމުން ވެމްކޯއިން ކުރަންޖެހޭ މަސައްކަތްވެސް ދެގުނަވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!