އަލް މަޝްއަރުގެ ހަވާލުގައި އުމްރާއަށް ދިޔަމީހުން އަނބުރާ އައުމަށް ދަތިތަކެއް ކުރިމަތިވެދާނެކަމުގެ ބިރުހީވެއްޖެ
އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕްގެ ހަވާލުގައި ރާއްޖެއިން އުމްރާގެ އަޅުކަން އަދާކުރުމަށް މިހާރު ސައުދީގައި ތިބި ދިވެހިންނަށް ރާއްޖެ އައުމަށް ދަތިތަކެއް ކުރިމަތިވެދާނެކަމުގެ ބިރުހީވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މަޝްއަރު ގުރޫޕުގެ ހަވާލުގައި މިއަހަރުގެ ރަމަޟާންމަހު 138 މީހަކު އުމްރާއަށް ގޮސްފައިވެއެެވެ. އެމީހުން އުމްރާއަށް ގެންދަން ފްލައިޓް ޗާޓަރު ކުރި ދިވެހި ކުންފުންޏަށް އެއްލައްކަ ސާޅީސް ހާހަށްވުރެ ގިނަ ޑޮލަރު ދައްކަންޖެހެއެވެ. ނަމަވެސް އަލް މަޝްއަރު ގްރޫޕުން އެ ފައިސާ ދައްކަން ދިން ދެ ޗެކްވެސް ވަނީ ބައުންސް ވެފައެއެވެ. އެކަމާއި ގުޅިގެން އެ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ 138 މީހުން އަނބުރާ ރާއްޖެ އައުމަށް ދަތިތަކެއް ކުރިމަތިވާނެކަމަށް މިހާރު ވަނީ ބެލެވެން ފަށާފަައެވެ.
ފައިސާ ފަހުން ދައްކާނެ ކަމަށް ބުނެ އަލް މަޝްއަރު އުމްރާ ގުރޫޕުުން ދޫކުރީ ދެ ޗެކުވެސް ބައުންސް ވެފައިވާއިރު، އެކަން އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް އައި ހިސާބުން އެ މިނިސްޓްރީން ވަނީ އެ ގުރޫޕާއި ގުޅޭ އިތުރު މައްސަލަތަކެއްވެސް ހާމަކޮށްފައެވެ.މިގޮތުން ސައޫދީ އެއާލައިންސްގެ ފްލައިޓެއްގައި އެ ގުރޫޕުން ގެންދިޔަ 70 ވަރަކަށް މީހުންގެ ރިޓާން ޓިކެޓްގެ ފައިސާ ނުދައްކާ ކަން މިހާރު އެނގިވަޑައިގެންފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވަނީ ވިދާޅުވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސައޫދީ އެއާލައިންސަށްވެސް މަޝްއަރު އުމްރާ ގުރޫޕުން 90 ހާސް ޑޮލަރު ދައްކަން ޖެހެއެވެ.
އިސްލާމިކް މިނިސްޓަރ ވިދާޅުވީ މަޝްއަރު ގުރޫޕާއި ބެހޭގޮތުން ފެންމަތިވެފައިވާ މައްސަލަތައް ބަލައި މި މައްސަލަތަކާއި ގުޅިގެން އޮންނަ އުސޫލުތަކުގެ ދަށުން އަަޅަންޖެހޭ ފިޔަވަޅުތައް އެ ގުރޫޕަށް އަޅާނެކަމަށެވެ.
ފަސިންޖަރުންގެ އަތުން ނެގިފައިސާއަށް ކިހިނެތްތަ މިވަނީ؟ ނުފޯރާފޮތިން ފޫގަޅަނީ އުތަ؟ ނޫނީ ފަސާކޮޅު ބޭނުންކޮށްލީ އުތަ؟
ޢެއީ ކާކުގެ ގުޣުރޫޕެއްތަ
ޙައްލުކުރެވޭނެ ގޫތް
1. ޢިންސުރެންސް ނެގުން
2. ޝެކިއުރެޓީ ބެހެއްޓުން
މިވަރު އަރުވާލާއިރު، ގުރޫޕު އިސް ވެރިން ނޫނީ ހިންގާ ބަޔަކުގެ ނަން ހާމަކޮށްބަލަ
ނަންް ހާމަކުރާކަށްް ނުކެރޭނެ
ސޭކު އިމްރާނުގެ ޕަޕެޓުން ހިންގާ ގުރޫޕެއް. އެއްކަމެއްވެސް ނުވާނެ. އެމްޑީޕީ ކެމްޕޭނަށް ފައިސާ އެއްކޮށްދޭ ބައެއް