Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

އުމްރާވެރިން ނުގެނެވޭނެ ހާލަތެއް މެދުވެރިވިޔަސް، ހާލުގައި ޖެހުނަ ނުދޭނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާ: މިނިސްޓަރު

އުމްރާވެރިން ނުގެނެވޭނެ ހާލަތެއް މެދުވެރިވިޔަސް، ހާލުގައި ޖެހުނަ ނުދޭނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާ: މިނިސްޓަރު
އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕްގެ ހަވާލުގައި ރާއްޖެއިން އުމްރާގެ އަޅުކަން އަދާކުރުމަށް މިހާރު ސައުދީގައި ތިބި ދިވެހިންނަށް ރާއްޖެ އައުމަށް ދަތިތަކެއް ކުރިމަތިވެދާނެކަމުގެ ބިރުހީވެފައިވަނިކޮށް، އުމްރާވެރިން ނުގެނެވޭނެ ހާލަތެއް މެދުވެރިވިޔަސް ހާލުގައި ޖެހުނަ ނުދޭނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވާކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ. ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މިވަގުތު އެ ޤުރޫޕްގެ ހުރިހާ އިސްވެރިން މައްކާގައި ތިބުމުގެ ސަބަބުން ސަޢުދީގައި ތިބި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުން މެދުވެރިކޮށް އެ ޖަމަޢާތުގެ އިސްވެރިންނާއި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި އެއަރލައިނަށް ދަންކަންޖެހޭ ފައިސާ ދައްކާ ޚަލާސްކޮށް، އުމްރާއަށް ގޮސް ތިބި ދިވެހިން ގެނެވޭނެ އިންތިޒާމް ހަމަޖައްސެމަށް އެ ގްރޫޕަށް އަންގާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޙައްޖު އަދި ޢުމްރާ ޖަމާއަތަކަށް ދިމާވާ މައްސަލައެއް ނުވަތަ އެ ޖަމާއަތަކުން ކުރާކަމަކުން އެއްވެސް ދިވެހި ރައްޔިތަކު ރާއްޖެ ނާދެވި، ހާލުގައި ޖެހޭނެފަދަ ހާލަތަކަށް ނުދާނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މަޝްއަރު ގުރޫޕުގެ ހަވާލުގައި މިއަހަރުގެ ރަމަޟާންމަހު 138 މީހަކު އުމްރާއަށް ގޮސްފައިވެއެެވެ. އެމީހުން އުމްރާއަށް ގެންދަން ފްލައިޓް ޗާޓަރު ކުރި ދިވެހި ކުންފުންޏަށް އެއްލައްކަ ސާޅީސް ހާހަށްވުރެ ގިނަ ޑޮލަރު ދައްކަންޖެހެއެވެ. ނަމަވެސް އަލް މަޝްއަރު ގްރޫޕުން އެ ފައިސާ ދައްކަން ދިން ދެ ޗެކްވެސް ވަނީ ބައުންސް ވެފައެއެވެ. އެކަމާއި ގުޅިގެން އެ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ 138 މީހުން އަނބުރާ ރާއްޖެ އައުމަށް ދަތިތަކެއް ކުރިމަތިވާނެކަމަށް މިހާރު ވަނީ ބެލެވެން ފަށާފަައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް