ޚަބަރު ސިޔާސީ

މެމްބަރުންނަށް ފިޔަވަޅު އަޅަން ނިންމީ ޕީޖީ ގުރޫޕުން އަމިއްލައަކަށް ނޫން: ވައްޑޭ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާތީ އެމްޑީޕީއަށް ނިސްބަވްތާ 4 މުޤައްރިރަކު ބަދަލުކުރަން އެ ޕާޓީގެ ޕީޖީ ގްރޫޕުން ނިންމި ނިންމުމަކީ އެކަނި ޕީޖީ ގުރޫޕުގެ ނިންމުމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ވައްޑޭ ވިދާޅުވީ އެއީ މަޖިލީސް ކޮމިޓީތައް ސަރުކާރުން ބޭނުންވާ ގޮތަށް ހިނގަން ސަރުކާރުން އަނގައިގެން ކުރާކަމެއްކަމަށެވެ.

"ޕީޖީ ގްރޫޕުގެ އަމިއްލަ ނިންމުމެއް ނޫން. މަޖިލިސް ކޮމިޓީތައް މިނިސްޓްރީތަކުގެ ބިއުރޯތަކެއް ގޮތަށް ހިންގަން ވެގެން ސަރުކާރުން އަންގައިގެން ކުރާ ކަމެއް" ވައްޑޭ ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އެމްޑީޕީ ޕީޖީ ގްރޫޕުން ބުދަ ދުވަހު އެގޮތަށް ނިންމާފައިވަނީ ސަރުކާރުގެ ސިޔާސަތުތަކާއި ކަނޑައެޅިގެން ދެކޮޅަށް މަސައްކަތް ކުރާތީއާއި، އެމްޑީޕީ ޕީޖީ ގްރޫޕުގެ ޤަވާއިދުތަކާ ތަކުރާރުކޮށް ޚިލާފުވެފައިވާތީއެވެ.

އެގޮތުން ބަދަލުކުރަން ނިންމާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!