Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ރޯ ބިހާ އެހެނިހެން ކާއެއްޗެހި އެއްކޮތަޅަށް އެޅުން ރަނގަޅެއް ނޫން: ޑރ މުޙައްމަދު ޢަލީ

ރޯ ބިހާ އެހެނިހެން ކާއެއްޗެހި އެއްކޮތަޅަށް އެޅުން ރަނގަޅެއް ނޫން: ޑރ މުޙައްމަދު ޢަލީ

ރޯ ބިހާ އެހެނިހެން ކާއެއްޗެހި އެއްކޮތަޅަށް އެޅުން ރަނގަޅެއް ނޫން ކަމަށް ޑރ. މުޙައްމަދު ޢަލީ ވިދާޅުވެއްޖެއެވެ.

ކޮތަޅު ޓެކްސް ނަގަންފެށުމާއެކު ކޮތަޅު އިޤްތިޞާދު ކުރަން އާއްމު ރައްޔިތުން މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި ޑރ. މުޙައްމަދު ޢަލީ ވިދާޅުވީ ބައެއްފަހަރަށް ރޯބިހުގެ ބޭރުގައި ހުންނަ ޖަރާސީމު، އެހެނިހެން ކާއެއްޗެއްސަށް އަރާ، ބޭރަށް ހިންގާ ރޯގާ ޖެހުމުގެ ފުރުސަތު އިތުރުވާކަމަށެވެ.

ޑޮކްޓަރު ވިދާޅުވީ ރަނގަޅު ކޮށްލަންވެގެން ބިހުގެ ބޭރު ޑިޓަރޖެންޑެއްލައިގެން ދޮވުނަސް ކަމަކު ނުދާކަމަށާއި އެގޮތަށް ހެދުމުން ބިހުގެ ތޮށިގަނޑުގައި ހުންނަ ކުދިކުދި ވިދުތައް ބޮޑަށް ހުޅުވި، ބޭރުގަ ހުންނަ ޖަރާސީމް ބިހުގެ އެތެރެއަށް ވަނުމަށް މަގުފަހިވާކަމަށެވެ.

Advertisement
Allied Insurance — Square (box)

"ބިސް ގަންނައިރު ބިހުގެ ބޭރު ރީތި ބިސް ގަތުން އެންމެ ރަނގަޅީ" އޭނާ ވިދާޅުވިއެވެ

މި ދުވަސްވަރަކީ ކޮތަޅު އަގުބޮޑުވެ ގިނަ ބަޔަކު އެއް ކޮތަޅަށް ގިނަ ސާމާނުތަކެއް އަޅަމުން އަންނަ ދުވަސްވަރެއްކަން ފާހަގަކޮށްލެވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް