ޚަބަރު ސަރުކާރު

ޒިންމާ އަދާނުކުރެވެންޏާ، ފިޔަވަޅު އަޅާނެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޙަވާލުކޮށްފައިވާ ޒިންމާ އަދާނުކުރެވޭނަމަ، އޮންނަ އުސޫލުތަކުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއުވާން މިހެން ވިދާޅުވީ، މިއަދު ރައީީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިއުވާން މިހެން ވިދާޅުވިއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްގެ ބައެއް މެމްބަރުން، ޗާގޯޯސް މައްސަލައިގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ.

މިއުވާން ވިދާޅުވީ، ރިޔާސީ އިންތިޚާބު ކައިރިވަމުން ދިޔަވަރަކަށް ބައެއްކަހަލަ ކަންކަން ފެންނާނެ ކަމަށާއި، ސަރުކާރާއެކު ނުހުރެވޭނަމަ، ވަކިވާންވީ ކަމަށެވެ.

އޭނާ ވިދާޅުވީ، އެބޭފުޅުންނަށް ސަރުކާރާއެކު މަސައްކަތް ނުކުރެވި ރައްޔިތުންނަށް ދޭ ޚިދުމަތް ދިނުމަށް ދަތިވާކަމުގައިވާނަމަ ނުވަތަ ރައްޔިތުންނަށް އޭގެ ސަބަބުން އެއްވެސް ދައްޗެއް ވާނަމަ އެކަމާގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެ ކަމަށެވެ.

އަދި ރައީސްގެ ސިޔާސަތު ތަންފީޒު ނުކުރެވޭނަމަ، ސިޔާސީ މަޤާމުތަކުން މީހުން ވަކި ކުރުމަކީ ރައީސް ކުރައްވާނެ ކަމެއްކަމަށް މިއުވާން ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް މި ސަރުކާރުން ސިވިލްސަރވިސް ވަޒީފާތަކުގައި ތިއްބަވާ ބޭފުޅުންނަށް ވަޒީފާގެ ބިރު ދައްކައި، އެމީހުންގެ ހައްޤުތަކަށް އަރައި ނުގަންނާނެ ކަމަށް މިއުވާން ވިދާޅުވެފައިވެއެވެ.

އެގޮތުން ކުރީގެ ސަރުކާރުން ސިވިލްސަރވިސް މުވައްޒަފުންގެ ސިޔާސީ ފިކުރަށް ބަލައިގެން ވަޒީފާތަކުން ވަކިކުރިނަމަވެސް މިސަރުކާރުން އެކަން އެގޮތަށް ނުކުރާނެ ކަމަށް މިއުވާން އެ ދުވަހު ވިދާޅުވިއެވެ.

Ads by Ooredoo
  1. ގޮއްރާޅު

    ކުރީގެ ސަރުކާރާ ބެހިނުގަނެ މި ކަނދުވިއްކި ސަރުކާރަށް ހަމަ އެއްވެސްއެއްޗެއް އަދި ކަމެއްވެސް ނުކުރެވެނީތޯ، ތި ބިުނާ ބިރެއްވެސް މިސަރުކާރުން ދައްކާފަ ކިތައް މީހުންތޯ ވަޒީފާއިން ވަކި ކުރީ؟؟ ނުކުރާނަމޭ ބުނި ކިތައްކަންތައް ތޯ ކޮށއގެން ތި ތިބީ؟ ކުރާނަމޭ ބުނި ކިތައްކަންތައްތޯ ނުކޮށް ތި ތިބީ،، ވައްކަމެއް ނުކުރާނަމޭ ބުނެ ހެދީވެސް ހުސް ދޮގު މިއަށްވުރެން ވައްކަން ކުރާ ސަރުކާރެއްވެސް އަދި މިގައުމުގާ ނުއުފެދޭ، އެންމެ ކުޑަމިނުން މާސިންގާ މަސްކަނޑެއްވެސް ވަގަށް ނަގައިފި .