ޚަބަރު ސަރުކާރު

ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށް އެބަދޭ: މިއުވާާން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިންޑިއާ ސަރުކާރުގެ އެހީގައި، ލ.ގަމުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތަށް ހުއްޓުމެއް ނާންނަ ކަމަށް ރައީީސް އޮފީހުން ވިދާޅުވެއްޖެއެވެ.

Ads by MWSC

ގަމުގައި ކެންސަރު ހޮސްޕިޓަލެއް އިމާރާތް ކުރަނީ އިންޑިއާގެ ލޯނު އެހީގެ ދަށުންނެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، މި ހޮސްޕިޓަލުގެ މަސައްކަތާ ގުޅޭގޮތުން، "ދެން" އިން ސުވާލު ކުރުމުން، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ، އެ މަޝްރޫޢު ދަނީ ކުރިއަށް ކަމަށާއި، ބޮޑަށް ކުރެވެމުން އަދި ދަނީ ޕޭޕާރ ވޯކް ކަމަށެވެ.

"ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް، އެ މަސައްކަތް ކުރިއަށް އެބަދޭ. ޕޭޕާ ވޯކްގެ މަސައްކަތް މިހާރު ދެން ބޮޑަށް ހަމަ ކުރިއަށްދަނީ، އެހެންނަމަވެސް، އެ މަސައްކަތް ކުރިއަށް އެބަދޭ، އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްދާ އެ ޕްރޮޖެކްޓުގެ މަސައްކަތް." މިއުވާން ވިދާޅުވިއެވެ.

ގަމުގައި އަޅާ ކެންސަރު ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް މިދިޔަ އަހަރުގައި ފެށޭނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ކުރިން ކެންސަރު ހޮސްޕިޓަލު އަޅަން ނިންމީ ހުޅުމާލޭގަ އެވެ. ނަމަވެސް، ރާއްޖޭގެ ސިއްޙީ ޚދުމަތްތައް ލާމަރުކަޒީ ކުރުމަށް ސަރުކާރުން ވިސްނާފައި ވާތީ، މި ހޮސްޕިޓަލު ގަމަށް ބަދަލުކުރަން އިންޑިއާ ސަރުކާރާއެކު މަޝްވަރާކޮށް އެ ގޮތަށް ނިންމީއެވެ.

 

  1. ތިހޮސްޕިޓަލްް އަޅާނެކަމައްް ލަފާކުރެވެނީީ ދެންއަންނަަ ވެރިޔަކުުު ޓައިމްއައުޓްވީމާާ ދެންކުރެވޭނީީ ގަޑުބަޑުމަސައްކަތްް ބޭކާރުވާހަކަދެއްކުންް ހުއްޓާލާފަަ ކުރެވުނުު ކަމެއްކިޔާދިނުންް މުހިއްމީީ ރާއްޖޭގެެ ރައްޔިތުންް ވަރައްް ނިކަމެތިވެއްޖެެ ދައުލަތުގެެ ވެރިންް އުދުހެނީީ މީކޮންކަހަލަަ ދައުލަތެއްތޯޯ ދައުލަތުންް ބޭނުންވަނީީ އާއްނުރައްޔިތުންނަކީީ ދައުލަތައްް ފައިސާާނަގަންބޭނުންކުރާާ އޭޓީއެމްް މެޝިންތަކެއްގެެ ގޮތުގަަ ބޭނުންކުރަންް މީކޮންކަހަލަައިންސާފެއްތޯޯ

  2. ހިޔަލަ

    ތިހިސާބުގަ ތިހޮސްޕިޓަލް އެޅީމަ އުތުރުގެ އަތޮޅު ތަކުގެމީހުނނަށް ވަރަށް ދަތިވާާނެ.