Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ފޯޅަވަހީގެ މައްސަލައިގައި ސަރުކާރުން ހެދި ސިއްރު ޑީލްތައް ފަޅާއަރާނެ: ޑރ.ޚަލީލު

ފޯޅަވަހީގެ މައްސަލައިގައި ސަރުކާރުން ހެދި ސިއްރު ޑީލްތައް ފަޅާއަރާނެ: ޑރ.ޚަލީލު
ފޯޅަވަހީގެ މައްސަލާގައި ސަރުކާރުން ހެދި ސިއްރު ޑީލްތައް ފަޅާއަރާާނެ ކަމަށާއި އަދި އެކަމަށް ޖަވާބުދާރީ ކުރުވޭނެ ދުވަސް އޮތީ ދާދިކައިރީގައިކަމަށް ޕީޕީއެމްގެ ކުރީގެ ތަރުޖަމާނު އަދި މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ. ޑރ. ޚަލީލު ވިދާޅުވީ ފޯޅަވަހީގެ މައްސަލާގައި ގިނަ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމުޢިއްޔާތައް ނުކުމެ އެކުގައި މަސައްކަތް ކުރަން ފެށުމުން ބުނެދެނީ ރާއްޖޭގެ ދިފާއުގައި ދިވެހިން ތެދުވާނެކަންކަމަށެވެ. "ފޯޅަވަހީގެ މައްސަލާގައި ގިނަ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމުޢިއްޔާތައް ނުކުމެ އެކުގައި މަސައްކަތް ކުރަން ފެށުމުން ބުނެދެނީ ރާއްޖޭގެ ދިފާއުގައި ދިވެހިން ތެދުވާނެކަން. މިމައްސަލާގައި ސަރުކާރުން ހެދި ސިއްރު ޑީލްތައް ފަޅާއަރާާނެ. އަދި އެކަމަށް ޖަވާބުދާރީ ކުރުވޭނެ ދުވަސް އޮތީ ދާދިކައިރީގައި" ޑރ.ޚަލީލު ވިދާޅުވިއެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)ގެ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ޗެމްބަރަކުން ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައެޅުމުގެ މައްސަލަ ބައްލަވައި މިދިޔަ މަހުގެ 28 ވަނަ  ދުވަހު އިއްވި ހުކުމްގައި ނިންމާފައި ވަނީ، ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.

އިޓްލޮސް އިން ބެހި ގޮތުން ރާއްޖެއަށް މުޅި ޖުމުލަ 47،232 އަކަކިލޯމީޓަރު ލިބެއެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަ ކިލޯމީޓަރެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް