ޚަބަރު ސަރުކާރު

50 މިލިއަން ރުފިޔާއަށް ދިއްދޫގައި އިސްލާމިކް މަރުކަޒެއް އެޅުމަށް ބަޔަކާއި ހަވާލުކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

50 މިލިއަން ރުފިޔާއަށް ހއ. ދިއްދޫގައި އިސްލާމިކް މަރުކަޒެއް އެޅުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ.

Ads by Hajj Corporation

މިއަދު ހެނދުނު އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ބޭއްވި ރަސްމިޔާތެއްގައި “ދިއްދޫ އިސްލާމިކް ސެންޓަރު” އިމާރާތް ކުރުމަށް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

ދިއްދޫ އިސްލާމިކް ސެންޓަރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި އެ.ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ  އާރުސީސީގެ ޑިރެކްޓަރ އާދަމް ރަޙީމެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި 540 ދުވަސް ތެރޭގައި ނިންމުމަށް ކަނޑައަޅާ ހަވާލުކުރި މި މިސްކިތް ހެދުމަށް ޖުމުލަ 50.9 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެން މިސްކިތްތަކާ ތަފާތު މި މަރުކަޒަކީ ޒަމާނީ ޑިޒައިނަށް ހަދާފައިވާ ވަރަށް ޖާގަ ތަނަވަސް މަރުކަޒެކެވެ. އެގޮތުން މި ސެންޓަރުގައި އެއްފަހަރާ 1500 މީހުނަށް ނަމާދުކުރެވޭއިރު، 450 މީހުންގެ ޖާގައިގެ މަލްޓިޕާޕަސް ހޯލެއް ހުންނާނެއެވެ.

މީގެ އިތުރުން އިދާރީ އޮފީހަކާއި، ލައިބްރަރީ އަކާއި ހަތަރު ކްލާސް ރޫމް އަދި، ދެ ސެމިނާ ރޫމާއި ޕޭންޓްރީއެއް މި މަރުކަޒުގައި ހުންނާނެއެވެ.

 

 

Ads by Allied Insurance
  1. ޒާހިރު

    ކިތެއްމެވަރަކައްރައްރަސުގަމަސްރުއޫތައްގެރިހައްފަތުރާހެއްހިއްގުމައްމަސަކައްކުރިނަމަވެސްސޯލިހުބޭގެވެރިކަމަކީކަރަކުސަނުގެބޮޑުވަބާއެއް)މިހާރުވެސްމީޑިއާތަކުއްލިބޭހަބަރުތަކައްބަލާއިރު.އެމްއެމްމޭގެމިނިސްޓުއެވިދާޅުވަނީސަރުކާރުއްހިގާޕުރެޖެޓުތައްމަޑުޖަޢސާލައް).ދިޢދޫގަތިއަޅައްއުޅޭއިސްލާމިކުމަރުކަޒުއަޅައް.50.މިލިއަށްރުފިއާހޯދިގޮތެއްހޯދައްއެބަޖެހޭމިހެއްމިބުނަޢްޖެހުނީމަރުކަޒީބެއްކުބުނަމުއްދަނީ.ސިނާއީބޮޑެތިމަސަކައްތްނުކުރުމައްއެއީރާއްޖޭގެދަރަނި
    މިހާރު.200.ހާސްބިލިއަށްޑޮލަރައްއެރިކަމައްތަފާތުހިސާބުތަކުއްދައްކާތީ.އެކަމަކުއިންޑިއާގެހެޔޮފުޅުކަމުއްއަޅާދީފާނެ.އިނޑިއާގެއަސްކަރީހަބަކައްނުވެއްޖެއްޔޔާރަގަޅު