ޚަބަރު ސިޔާސީ

ރައީީސް ނަޝީދުގެ ފަލްސަފާ އަކީ ހަމަޖެހުން ނަގައިލުން: މޫކޭ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ފަލްސަފާއަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި އޮންނަ ހަމަޖެހުން ނަގައިލުން ކަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އާރްޑީސީ)ގެ އެމްޑީ މޫސާ އަލި މަނިކު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އޭނާ މިހެން ވިދާޅުވީ ކުރައްވައިފައިވާ ޓްވީޓެއްގައެވެ.

ގދ ތިނަދޫގައި މަސްކިރޭނެ ގޮތެއް ނެތުމުން އެރަށު މަސްވެރިން ނުކުމެ އައިސްޕްލާންޓުގައި ތަޅު އަޅުވައި އަޑު އުފުލަމުން ދިޔުމާއި ގުޅިގެން، މެމްބަރު ފިރުޝާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ މިއީ ސީދާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ގޮތްދޫނުކޮށް މެނިފެސްޓޯއަށް ގޮންޖަހައި މަސްވެރިކަމުގެ ވަޢުދުތައް ނުފުއްދުމުގެ ނަތީޖާ ކަމަށެވެ.

ފިރުޝާނަށްރައްދު ދެއްވައި މޫކޭ ވިދާޅުވީ މިއީ ސީދާ ރައީސް ނަޝީދު ބޭނުންވާ ރާއްޖެ ކަމަށާއި، ރައީސް ނަޝީދު ބޭނުންވަނީ ޤައުމުގައި އޮތް ހަމަޖެހުން ނަގާލައި ރައްޔިތުންގެ މެދުގައި އަބަދުވެސް ތަޅާފޮޅުމައި ބައިބައި ވުން އޮތުންކަމަށެވެ.

މިހާރު ސަރުކާރާއިި ދެކޮޅަށް ކުރަމުންދާ މަސައްކަތަކީވެސް އެމަސައްކަތް ކަމަށް މޫކޭ ވިދާޅުވިއެވެ.

މަސްވެރިން ނުކުމެ އެރަށު އައިސްޕްލާންޓް ތަޅުއެޅުވުމާއި ގުޅިގެން ތިނަދޫ ކައުންސިލްގެ އެދުމުގެ މަތިން މިފްކޯގެ ޓީމެއް މަސްވެރިންނާ ބައްދަލުކުރުމަށް ތިނަދޫއަށް އައުމަށް ހަމަޖެހިފައިވާ ކަމަށް ތިނަދޫ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo
  1. އަބްދޫ

    މޫކޭ އަސް ތިޔަ ބުނީ ރަނގަލަށް މިގައުމުގެ އިޖްތިމައީ ފޭރާން ވީދާ ކުދިކުދިކޮށް ގައުމުގެ ހަމަޖެހުން ނަގާލި މީހަކީ ހަމަ ނަސީދު،