ޚަބަރު ސިޔާސީ

ނަޢީމާ މަރުގައި، ސަރުކާރުގެ އިހުމާލު އެބައޮތް: ޢަމްރު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ނ. މަނަދޫ ނަޢީމާ މޫސާގެ މަރުގެ މައްސަލައިގައި ސަރުކާރުގެ އިހުމާލު އެބައޮތް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ޢަމްރު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޢަމްރު މިހެން ވިދާޅުވީ ނައީމާގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އަހްޒަމް އަބްދުއްޝަކޫރަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ބޮޑު ހުކުމެއް އިއްވުމުގެ މަގުމަތީގައި ވާ މީހެއްކަމަށް ބުނެ މީޑިއާތަކުގައި ހަބަރު ފެތުރިފައިވަނިކޮށެވެ.

"ޑްރަގް އެތެރެކޮށް ވިއްކައިގެން ހައްޔަރުކޮށް ކޯޓުގަ މައްސަލަ ހިނގަމުން އަންނަ އަދި 25 އަހަރަށް ހުކުމް އަންނަ މީހުން ވެސް ވޯޓަށް ޓަކާ މުޖުތަމައު ތެރެއަށް ދޫކޮށްލާފަ ބެހެއްޓުމަކީ އެހެން އެންމެން ބޮޑެތި ނުރައްކަލަށް ވައްޓާލުން. ނައީމާ މަރާލުމުގަ ސަރުކާރުގެ އިހުމާލު އެބައޮތް." ޢަމްރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ރިޔާސީ ޕްރައިމަރީ ތެރޭގަ މީހުން މަރައިގެން ޖަލަށްލާފައި ތިބި މީހުން ޖަލުން ނެރެގެން ގެންގޮސް އެމީހުންގެ ރަށަށް ލައިދީފައިވެސް އެބަހުރިކަމަށެވެ. އަދި އެއީ ވޯޓުގެ އެންމެ ފަހު ދުވަސްކޮޅު ކޮށްފަވާ ކަންތައްކަމަށް ޢަމްރު ވިދާޅުވިއެވެ.

ނަޢީމާ މަރާލި މައްސަލައިގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭގެ ތެރެއިން އެކަކުވަނީ އެކަން ކުރި ކަމަށް ކޯޓުގައި އެއްބަސްވެފައެވެ.

Ads by Allied Insurance
  1. ހަސަންބެ

    ކަލޭވެސް ނޫޅޭ މީހުނައް ކަންކަން އޮޅުވާލަން ހީވަނީ މިސޮރުގެ އަތެއް ވާހެން އެކަމުގަ

  2. އައިސް

    ތިމާ މެންގެ ދުލުން

  3. ާއަހްމަދު

    އަމްރު ނައީމާ މަރާލީ މަދުޝިން އެތން

  4. ކީކޭބާ ދެން ބުނާނީ

    މިހިރަ މިހިރަ ކަންތައްތައް މިދަނީ ހެސްކިއާފަ ތިލަ ވަމުން، މިސަރުކާރަކީ މިރައީސަކީ އަމިއްލަ އެދުމުނައިގެން ފޯވެފާވާ ސަރުކާރެއްކަން މިހިރަ ކަންތައްތަކުން ވަރަށް ވެސް ސާފު، މީކީ ރައިއްޔަތަކަށް ގައުމަކަށް މާތްވެގެންވާ އިސްލާމްދީނަކަށް ހުރުމަތްތެރި ބަލާލާނެ ސަރުކާރެއް ނޫންކަން އެބަ އެނގޭތާ، މީކީ ގައިމުންވެސްޕީޕީއެމުން ފިތުނައުފައްދަން ދެއްކި ވާހަކައެއްނޫން ސަރުކާރުގެ ނުބައިނުލަފާކަމުގެ ވާހަކައެއް މީހަކު ދައްކާއިރަށް ތިބިފަ އަނގަފުޅާކޮށްފަ ބުނާނެ ފިތުނައުފައްދަން ދައްކާ ވާހަކައޭ، އަޅޭ އެއްވެސްވަރަކަށް ވިސްނާލަ ބަލާ، ތިމާމެން ކުރާ ނުބައިނުލަފާކަންތަކާމެދު،ގައިމު ވަރެއް ވެގެންތާ ސަރުކާރުގެ ކުންފުނިތަކުގެ އެމްޑީން މިބާވަތުގެ ވާހަކަ ދައްކާނީ ސަރުކާރާ ވަކިވާނީ ވެސް،

  5. ޢަދުނާނު

    ތިވަރުގެ “ބިރުވެރި” ވާހަކައެއް ކީތްވެތަ މަޤާމުގައިހުރިއިރު ހާމަނުކުރީ؟
    މިހެންމިބުނީ އެކަމަށް ރުހި ތާޢިދުކުރުމޭ ނުހިތާތި!

  6. އަނައި

    އަޖައިބެކޭ.. ބަލަ ހުކުމް ކުރުމުގެ މަގުމަތީގައިވާ މީހެއް ހުކުމް ކުރަންދެން ހައްޔަރުގައި ބަހައްޓަން ނޫނީ މިނިވަން ކުރަން ނިންމަނީ ކޯޓުން. އެކަމަކާ ސަރުކާރަކާ ކޮންކަމެއް.. މަހީކުރީ ޔަންގު ސޮރެއްވީމަ އަމްރު ތަންކޮޅެއް ސިވިލައިޒް ވާނެ ކަމަށް އެކަމަކު މިސޮރުވެސް މިއުޅެނީ ޑާޓީ ޕޮލިޓިކްސް ކުޅެން

  7. މިސޮރު ހައްޔަރުކުރޭ މިހުރީ ބުއްދިގޯސްވެފަ ވަޒީފާގެއްލުނީމަ