ޚަބަރު

ރައީސް ޔާމީނާ ބައްދަލު ނުކުރެވެނީ ވަކީލުން ބޭނުންނުވާތީ: އިމްރާން

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވަކީލުންނަށް އެމަނިކުފާނާއި ބައްދަލު ނުކުރެވިގެން އުޅެނީ ވަކީލުން ބޭނުންނުވެގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ޔާމީންގެ ވަކީލުންނަށް އެމަނިކުފާނާއި ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކަރެކްޝަނަލް ސާވިސްގެ މައްޗަށް އެއްވެސް ކޯޓަކުން އަމުރެއް ނެރެފައި ނުވާ ކަމަށް ކަރެކްޝަނުން ވަނީ ހާމަކޮށްފައެވެ.

އިމްރާން މިއަދު ވިދާޅުވީ ޔާމީންގެ ވަކީލު ބައްދަލުވުން ހަމަޖައްސަން ރާއްޖޭގެ އެއްވެސް ކޯޓަކުން އޭނާގެ މައްޗަށް އަމުރެއް ނެރުއްވާފައި ނެތް ކަމަށެވެ. އަދި ބައްދަލުވުން ހަމަޖައްސަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސްނެގުމަށް ލައްކަ މަސައްކަތް ކުރެވިފައިވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

"ބައްދަލުވުން ނުބޭއްވިގެން އުޅެނީ އެކަން ކުރައްވަން ވަކީލު ބޭނުން ނުވާތީ" އިމްރާން ވިދާޅުވިއެވެ.

ކަރެކްޝަންސް އިން ބުނީ ވަކީލުންގެ ފަރާތުން ހޯދަންޖެހޭ އެހީތެރިކަން ހޯދުމަށް ޔާމީންގެ ވަކީލުންނާއި އެކަހެރިކޮށް ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކްރިމިނަލް ކޯޓުން އެދިފައިވާ ކަމަށެވެ.

އަދި މީގެ ކުރިންވެސް ބައްދަލުވުން ހަމަޖައްސައިދީ ޖަލަށް ވަޑައިގަތުމުން، ބައްދަލުކުރެވޭނެ ކަމަށް ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންނަށް ކަރެކްޝަންސް އިން އަންގާފައިވާނެ ކަމަށްވެސް ކަރެކްޝަނުން ބުނެފައިވެއެވެ.

Ads by Allied Insurance
  1. ޛުލްފިގާރު

    ލމ އިމްރާނު ބޭނުންވަނީ ޒާތީގޮތުން ރ ޔާމީންއާ ޖައްސާލަން ހަސަދަ ފިލުވާލަން މިއީ މާދީނީ މީހެކޯ ކޮނަކަހަލަ ސޭހެއް

  2. ހަސަނު

    ޚަލޭމެންގެ ހިތުތެރޭގައި ރާވާ ރޭވުންތައް ﷲ މޮޅަށް ދެނެވޮދިގެންވޭ. ޖެއްސުންކުރުމާއި ދަތިއުނދަގޫ ގޮތްތައް މީހުންނަށް ޖައްސާމީހުންގެ ނިމުން ހިތިވާނެކަން ދަނެތިބެ އެކަން ނުކުރުމަކީ ބުއްދިވެރިންގެ ގޮތް. މިކަން އެންމެ ރަނގަޅަށް އެނގިލައްވާނެ އަދި ތަޖްރިބާ ވެވިފައިވާ އެއްފަރާތަކީ އިމްރާން.