ޚަބަރު ސިޔާސީ

ވައްޑޭ އިމްރާނަށް: މޭޑޭގައި ރައްޔިތުންލައްވާ ގޯސް ހައްދުވާފައި ފިއްލެވީ ތިޔަބޭފުޅާ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ސިޔާސީ ބައެއް ލީޑަރުން ކަން ކުރާގޮތަކީ އެއްވުންތަކަށް ގޮސް ހަމަނުޖެހުން ހިންގާ ރައްޔިތުން ލައްވާ ގޯސް ހައްދާފައި މައިދާނުން ފިލާވަޑައިގަތުންކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވުމުން އެމަނިކުފާނަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ރައްދު ދެއްވައިފިއެވެ.

Ads by Hajj Corporation

އިމްރާނަށް ރައްދު ދެއްވާ ވައްޑޭ ވިދާޅުވީ ވެރިކަމަށް އާދެވުމުން “އޮހޮރުނު ލޭ”ގެ މައްސަލަތައް ހަނދާން ނައްތާލެއްވީވެސް ތިޔަބޭފުޅުންކަމަށެވެ.

"މޭޑޭގައި މިވާހަކަތައް ނިކަން ބާރަށް ގޮވާފައި މުޒާހަރާ ހޫނުވުމުން އާއްމުން ދޫކޮށް ފިއްލެވީ ތިޔަބޭފުޅާ. ވެރިކަމަށް އާދެވުމުން “އޮހޮރުނު ލޭ”ގެ މައްސަލަތައް ހަނދާން ނައްތާލެއްވީވެސް ތިޔަބޭފުޅުން." ވައްޑޭ ވިދާޅުވިއެވެ.

ޗާގޯސް މައްސަލައިގައި އުފައްދާފައިވާ އިއްތިހާދުން "ކަނޑު ވިއްކުމާއި ދެކޮޅު" ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން މިރޭ ބޮޑު ޖަލްސާއެއް ބޭއްވުމައް ތައްޔާރުވަމުން އަންނައިރު މިޖަލްސާގައި ބައިވެރިވުމަށް އަތޮޅު ތެރެއިން މީހުން ދަނީ ވެރިރަށް މާލެއަށް ޖަމާވަމުންނެވެ.

  1. ތިޔަ ފޭކު އިމްރާން ތީ ފިލާއޮތް މީހާ ބޭރުކުރަންވީ ޤައުމުންވެސް.