ޚަބަރު ސަރުކާރު

ޖޫން 22 ގެ ކުރިން މުސާރަ ދޭން އަންގައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ވެލާނާ ބިލްޑިންގް / ފޮޓޯ: ދެން އިމޭޖްސް

ބޮޑު ބަންދެއް އަންނާތީ، މި މަހުގެ 22ގެ ކުރިން ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

Ads by Sosun Fihaara

އެ މިނިސްޓްރީން ސަރުކާރުގެ އިދާރާތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ، އަޟްހާ އިދާއި ގުޅިގެން ޖޫން 25 އިން 29 އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށާއި، އެހެންވުމުން ޖޫން މަހުގެ މުސާރަ އެ މިނިސްޓްރީން ޕްރޮސެސް ކުރާނެ އެންމެ ފަހު މުއްދަތަކީ މި މަހުގެ 22 ވަނަ ދުވަސް ކަަމަށެވެ.

މި ސާކިއުލާގައި އިތުރަށް ބުނެފައިވަނީ  މި މަހުގެ މުސާރައިގެ އިތުރުން ދުވަހުގެ އަދަދުން ހިސާބު ކުރާ އިނާޔަތްތަކާއި އިތުރު ގަޑީގެ ފައިސާގެ ގޮތުގައި ބަލަން ވާނީ މެއި 16 އިން މި މަހުގެ 10 ދުވަހުގެ ނިޔަލަށެވެ.

އަދި މި އަހަރުގެ ޖޫން މަހުގެ މުސާރައިގެ އިތުރުންދޭ ދުވަހުގެ އަދަދުން ހިސާބު ކުރާ އިނާޔަތްތަކާއި، އިތުރު ގަޑި ފައިސާ އަދި ގަޑި ލާރި ހިސާބު ކުރުމުގެ މުއްދަތަކަށް 16 މެއި އިން 10 ޖޫންގެ ނިޔަލަށް ބޭނުން ކުރަން މިސާކިއުލާގައި އަންގާފައިވާއިރު ދައުލަތުގެ އެކައުންޓިންގ ސޮފްޓްވެއަރ "އެކައުންޓްސް ޕޭޔަބަލް މޮޑިއުލް" ބޭނުން ކުރާ އޮފީސްތަކުން ވައުޗަރތައް 19 ޖޫންގެ 14:00 ކުރިން ސިސްޓަމަށް ޕޯސްޓް ކުރަންވެސް މި ސާކިއުލާގައި އަނގާފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!